ގޮތް ނޭނގޭ ޕާރުސަލެއް ލިބިގެން ޓުވަރިޒަމް މިނިސްޓްރީއަށް ލިބުމާއި ގުޅިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
ޓުވަރިޒަމް މިނިސްޓްރީގެ މުވައްފިޒަބު ޚަބަރު އޮންލައިނަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިއަދު އޮފީހަށް ލިބުނު ޕާރުސަލަކާއި ގުޅިގެން ސިފައިން މިހާރު އޮފީސް ތެރޭގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ. އަދި ހުރިހާ މުވައްޒިފުން އޮފީހުން ބޭރަށް ނެރެފައިވާކަމަށެވެ.
އެމްއެމްޑީއެފްއިން ބުނެފައިވަނީ ވެލާނާގޭ ބިލްޑިންގ ގައި ހުންނަ ޓުވަރިޒަމް މިނިސްޓްރީ ތެރެއިން ގޮތް ނޭގޭ އެއްޗެއް ފެނިގެން ރިޕޯޓް ކުރުމާއި ގުޅިގެން އެމްއެންޑީއެފްގެ ބޮމްބް ސްކޮޑުން ހަރަކާތްތެރި ވަމުންދާކަމަށެވެ.
އޮފީސްތަކުން ގޮތް ނޭގޭ ތަކެއްޗާއި ހަވާލު ނުވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސް ކޮށްފައެވެ.