ގިނަ އަދަދެއްގެ މިޔަރު އުރަހަތަކެއް ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް އަތުލައިގެންފި

ގިނަ އަދަދެއްގެ މިޔަރު އުރަހަތަކެއް ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް އަތުލައިގެންފި

Author
މުޙައްމަދު ޖިމީ
26 އޮގަސްޓް 2021 08:57
0

އޮޅުވާލައިގެން ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ ކަސްޓަމްސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސްއާއި އެއަރޕޯޓް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އަތުލައިގެންފައިވާ މިޔަރު އުރަހަތައް ބޭރުކުރަން މަސައްކަތްކޮށްފައިވަނީ ލޮނު މަހުގެ ގޮތުގައި، ފޮށިގަނޑުތަކެއްގައި ބަންދުކޮށްގެންނެވެ. އެގޮތުން 14 ފޮށިގަނޑެއްގަ 243ކިލޯގެ މިޔަރު އުރަހަ، ވައިގެ މަގުން ފޮނުވާލަން މަސައްކަތްކޮށްފައިވެއެވެ.

ކަސްޓަމްސްއިން ބުނީ މި ތަކެތި ފޮނުވާލަން މަސައްކަތްކޮށްފައިވަނީ، ލޮނުމަހުގެ ގޮތުގަ ލިޔެކިޔުންތައް ތައްޔާރުކޮށްގެންކަމަށެވެ. މިކަމާއި ގުޅޭ ތަހުގީގެއް ކަސްޓަމްސްއިން މިހާރުވަނީ ފަށާފައެވެ.

މިޔަރު އުރަހަތައް ބޭރުކުރަން އުޅޭނިކޮށް އަތުލާގަތް މީހުންގެ މައްޗަށް ދަޢުވާކޮށްފި

މިއަހަރުގެ ޖެނުއަރީ މަހުވެސް، 400އަށްވުރެ ގިނަ ކިލޯގެ މިޔަރު އުރަހަ ރާއްޖެއިން ވަގަށް ބޭރުކުރަން އުޅުނިކޮށް ކަސްޓަމްސްއިންވަނީ އަތުލައިގެންފައެވެ. މި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށައަޅާފައިވެއެވެ.

މިޔަރުގެ ބާވަތްތައް ހިފާ، އޭގެ ނަހަމަ ވިޔަފާރި ކުރުމަކީ ޤާނޫނުން މަނާކޮށްފައިވާ ކަމެކެވެ. މިޔަރުގެ ބާވަތްތައް ހިފުން ރާއްޖޭގައި މުޅިން މަނާކޮށްފައިވަނީ 2010ވަނަ އަހަރުއެވެ. މިޔަރު ހިފުން މަނާކުރީ އޭގެ ސަބަބުން ފަތުރުވެރިކަމާއި އިޤްޞާދަށް ކުރާ އަސަރު ކުޑަކުރުމަށެވެ. އަދި މިޔަރުގެ މަސްވެރިކަން ކުރުމާއި އެކްސްޕޯޓު ކުރުމަކީ ވެސް ރާއްޖޭގައި މަނާކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

J Jadibu
Hama egothah masthu kudhinge kaanaa kolhuves athuleveyne