ބަންގުލަދޭޝްގެ ހައިކަމިޝަނަރު، ޗީފް އޮފް ޑިފެންސް ފޯސްއާއި ބައްދަލުކުރައްވައިފި

ބަންގުލަދޭޝްގެ ހައިކަމިޝަނަރު، ޗީފް އޮފް ޑިފެންސް ފޯސްއާއި ބައްދަލުކުރައްވައިފި

Author
ޢަލީ އާދަމް
27 އޮކްޓޯބަރ 2020 06:22
0

ބަންގުލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ، ހީޒް އެކްސެލެންސީ ރިއަރ އެޑްމިރަލް ނަޒްމުލް ޙަސަން، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝް އަސްކަރިއްޔާއާ ދެމެދު ޒަމާނުންސުރެ އޮތް ބަދަހި ގުޅުމާ ގުޅޭގޮތުންނާއި، ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ދިވެހި ސިފައިންގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމާއި، ދިވެހި ސިފައިންނަށް ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު ހޯދައިދިނުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި މި ބައްދަލުވުމުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.