ކޯވިޑް ޖެހިގެން ދުވާފަރުން ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި މިއަދު މެންދުރު 11:20 ގައި ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 75 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައިވާ ކަމަށެވެ.
މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 223 ވަނަ މީހާއެވެ.
ކޯވިޑް ބަލީގައި ރާއްޖެ އިން އެންމެ ފަހުން މީހަކު ނިޔާވެފައި ވަނީ މީގެ 18 ދުވަސް ކުރިން މި މަހުގެ 3ވަނަ ދުވަހުއެވެ. އެއީ ފުވައްމުލަކު އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 94 އަހަރުގެ އެމީހާ ހޮސްޕިޓަލަށް ގެނައި އިރު ވެސް އޮތީ ނިޔާވެފައެވެ. އެމީހާ ކޯވިޑް-19 އަށް ޓެސްޓް ކުރުމުން އެ ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ.
ކޮމެންޓު ފޮނުވާ