އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ "ހިނގާ" ޕްރޮމޯޝަންގެ ތިންވަނަ އޭޓީވީ، ޅ. ހިންނަވަރު އަލީ ޝަރީފް ކާމިޔާބުކޮށްފި އެވެ.
ޑިސެމްބަރު 20، 2025 ގައި ފެށި މި ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް ކުރިއަށްދާއިރު، ޖުމްލަ ހަ އޭޓީވީ ކަސްޓަމަރުންނަށް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ދެ މަހުން އެއް މަހު ބާއްވާ ގުރުއަތުލުމުގައި ކޮންމެ ފަހަރަކުވެސް އޭޓީވީއެއް އެއް ނަސީބުވެރިއަކަށް ލިބޭގޮތަށް ހަމަޖެހިފައިވާއިރު، ޝަރީފަށް ފަހު އަދި ތިން އޭޓީވީ ދޫކޮށްލުމަށް ވަނީ ބާކީ އެވެ.
ކަސްޓަމަރުންގެ އިތުބާރާއި ލޯތްބަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި، އުރީދޫގެ މޮބައިލް (ޕްރިޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަނެޓް، ފަސޭހަ ނުވަތަ 5ޖީ އެއާ ފައިބާ ފަދަ ޚިދުމަތެއް ބޭނުންކުރަން ޖެހެ އެވެ. އަދި ގުރުއަތުލުމުގެ ކުރީ 60 ދުވަހުގެ ތެރޭގައި، މަހަކު މަދުވެގެން 400 ރުފިޔާ އުރީދޫގެ ޚިދުމަތްތަކަށް ޚަރަދުކޮށްފައި، ގުރުއަތުލާ ދުވަހާ ހަމައަށް ޚިދުމަތް އެކްޓިވްކޮށް ބަހައްޓަން ޖެހެ އެވެ.
މި ޝަރުތުތައް ފުރިހަމަކުރާ ކޮންމެ ކަސްޓަމަރަކަށްވެސް، އެއީ މިހާރު އުރީދޫ ބޭނުންކުރާ ކަސްޓަމަރެއް ކަމުގައި ވިޔަސް، ނުވަތަ މި މުއްދަތުގެ ތެރޭގައި އަލަށް އުރީދޫއާ ގުޅުނު ފަރާތެއް ކަމުގައި ވިޔަސް، ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މީގެ އިތުރުން، ގުރުއަތުން މިހާރު އޭޓީވީ ލިބިފައިވާ ނަސީބުވެރިންނަށްވެސް، މި އަހަރުގެ ނިޔަލަށް ބާއްވާ ހަވަނަ ގުރު، ނުވަތަ ގްރޭންޑް ޕްރައިޒް ގުރުއަތުލުމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އުރީދޫއިން ބުނެ އެވެ. މިއީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް އޭޓީވީއެއް ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ ޕްރޮމޯޝަނެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެ އެވެ.
ކޮމެންޓު ފޮނުވާ