ނިއުޒީލެންޑުގެ ދެކުނުގެ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އައިސް، ސުނާމީގެ އިންޒާރު ނެރެފިއެވެ.
ޖަރުމަނުގެ ރިސާޗް ސެންޓާ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނާ ގޮތުގައި މި ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރެކްޓާ މިންގަނޑުން 5.9 ގެ ބާރުމިނުގައެވެ. އަދި ބިންހެލުން އައިސްފައި ވަނީ ބިމުގެ 53 ކިލޯމީޓަރު (32.93 މޭލު) އަޑިންނެވެ.
ބިންހެލުމުގެ ސަބަބުން މިހާތަނަށް އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތު ލިބިފައި ނުވި ނަމަވެސް، ނިއުޒީލެންޑުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ބިންހެލުމާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކުން މިހާރު ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ. މި ސަރަހައްދަކީ ދޭތެރެ ދޭތެރެއިން ބިންހެލުން އަންނަ، ބިންހެލުމުގެ ގޮތުން ހަރަކާތްތެރި ސަރަހައްދެކެވެ.
ތަފްސީލް އަންނަނީ…
ކޮމެންޓު ފޮނުވާ