ހުޅުމާލޭގެ ސްޕާތައް ބަލައި ފާސްކޮށް ހަތް ބިދޭސީއަކު ހައްޔަރުކޮށްފި

ހުޅުމާލޭގެ ސްޕާތައް ބަލައި ފާސްކޮށް ހަތް ބިދޭސީއަކު ހައްޔަރުކޮށްފި

Author
އަހުމަދު
09 ސެޕްޓެމްބަރ 2026 08:18
0

ހުޅުމާލޭގައި ހިންގާ ސެލޫންތަކާއި ސްޕާތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި، ގާނޫނާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ ހަތް ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފިއެވެ.

އިމިގްރޭޝަނުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނިގޮތުގައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ ޚާއްސަ އޮޕަރޭޝަންގެ ދަށުން، ޓާސްކް ފޯސް މެދުވެރިކޮށް ހުޅުމާލޭގެ އަށް ތަނެއް އިންސްޕެކްޓް ކުރި އެވެ. އެ ހަރަކާތުގައި 26 މީހެއްގެ ލިޔެކިޔުންތައް ބެލި އިރު، ވޯކް ޕާމިޓް ނެތި ނުވަތަ ވިސާގެ ޝަރުޠުތަކާ ޚިލާފަށް އާމްދަނީ ހޯދަމުންދިޔަ ހަތް މީހަކު ވަގުތުން ހައްޔަރުކުރި އެވެ.

ފާއިތުވި ތިން ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި 426 ބިދޭސީއެއްގެ ލިޔެކިޔުންތައް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅޭ 13 މީހަކު ވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ހުއްދަ ނެތި ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ސިލްސިލާ ޚާއްސަ އޮޕަރޭޝަންތައް ސަރުކާރުން ދަނީ ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.