ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަޤާމުންނާއި، މެމްބަރުކަމުން ފަޔާޒު ވަކިވެއްޖެ

ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަޤާމުންނާއި، މެމްބަރުކަމުން ފަޔާޒު ވަކިވެއްޖެ

Author
މުޙައްމަދު ޝަޒައިމް
22 އޮގަސްޓް 2021 11:22
0

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަޤާމުންނާއި، އެޕާޓީގެ މެމްބަރުކަމުގެ މަޤާމުގައި ހުންނެވި މަޤާމުން މުހައްމަދު ފަޔާޒު (އެފްއޭ) އިސްތިއުފާ ދީފިއެވެ.

ފަޔާޒު މަޤާމުން ވަކިވުމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް އަށް އެޑްރެސް ކުރައްވައި އިއްޔެ ފޮނުވި ސިޓީގައި ބުނެފައިވަނީ ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަޤާމުންނާއި، މެމްބަރުކަމުގެ މަޤާމުން ވަކިވެފައިވާކަމަށެވެ. ފަޔާޒު މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ.

ފަޔާޒު ޖޭޕީން ވަކިވެފައިވާއިރު، އެޕާޓީގެ ގިނަ މެމްބަރުންތަކެއް، ޚާއްސަކޮށް އިސްކޮށް ހަރަކާތްތެރިވާ ގިނަ ބަޔަކު ދަނީ ޖޭޕީން ވަކިވަމުންނެވެ. ޖުމްހޫރީ ޕާޓީގެ އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރެއިން ނާޒިމްއާއި، ރިޔާޒުވެސް ޕާޓީން ވަކިވެ އާސިޔާސީ ޕާޓީއެއް އުފެއްދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރާ މަސައްކަތުގައި އެންމެ ގިނަ ބަޔަކު ގުޅެމުންދަނީ ޖުމްހޫރީ ޕާޓީންކަންވެސް ފާހަގަކޮށްލެވެއެވެ.

ނާޒިމް އިސްކޮށް ހުންނަވައިގެން އުފައްދާ ޕާޓީއަށް މެމްބަރުން ހަމަކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.