އައްޑޫ ގޯތިތަކުގެ މައްސަލާގައި ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރާނަން: ޕްރޮގްރެސިވް ކޯލިޝަން

އައްޑޫ ގޯތިތަކުގެ މައްސަލާގައި ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރާނަން: ޕްރޮގްރެސިވް ކޯލިޝަން

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން އާންމުންނަށް ދޫކޮށްފައި ހުރި ގޯތިތަކެއް ނަގައި ބަދަލު ދޭން އައްޑޫ ސިޓީ ކައުންސިލުން ނިންމި މައްސަލާގެ ރައްޔިތުންގެ ކަންބޮޑުވުންތައްކަށް ހައްލު ގެނައުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދީފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލު ކައިރިން ކުރިން ދޫކޮށްފައިވާ 40 ގޯތި އަތުލަން ނިންމީ މުޅި އައްޑޫ ސިޓީގެ މަސްލަހަތަށް ކަމަށް  އެކައުންސިލުން މިދިޔަމަހު ވަނީ ބުނެފައެވެ. އެކަމާއި ގުޅިގެން ބައެއް ގޯތިތަކުގެ ވެރިން ހިތްހަމަނުޖެހި ބައެއް މީހުން ވަނީ ހިތަދޫ ކޯޓުގައި ކައުންސިލާ ދެކޮޅަށް ދައުވާކޮށްފައެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީން ބުނީ، އައްޑޫ އިކެއެޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުން ރައްޔިތުންގެ ގޯތި އައްޑޫ ސިޓީ ކައުންސިލުން ނަގަމުންދާ މައްސަލާގައި ރައްޔިތުންގެ ޓީމަކުން މިއަދު އައްޑޫސިޓީގައި މިވަގުތު ތިބި ޕީޕީއެމް ޕީއެންސީގެ ޓީމާއި ބައްދަލުކޮށް އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައިވާކަމަށެވެ.

މި މައްސަލާގައި އެފަރަތްތަކުގެ ހައްގު ހޯދައިދިނުމަށް ޕީޕީއެމް ޕީއެންސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ވަނީ ދީފައި.

– ޕީޕީއެމް ޕީއެންސީ

ޮަ

ގޯތިތައް ނަގަން ކައުންސިލުން ނިންމާފައި ވަނީ ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ބުނެ އެ ނިންމުން ބާތިލުކޮށްދޭން ކޯޓަށް ހުށަހެޅި މައްސަލަތަކުގައި ރައްޔިތުން އެދިފައިވެއެވެ. އެ މައްސަލަތައް ނިމެންދެން، ދައުވާ ކުރި މީހުންނަށް ގެއްލުމެއް ނުވާނެ ގޮތަށް ވަކި ގޮތެއް ނިމެންދެން ގޯތިތައް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެ މީހުންގެ ފަރާތުން ވަނީ އެދިފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނިގޮތުގައި އޭއީއެޗްގެ ވަށައިގެން ހުރި ގޯތިތައް ނެގުމަށް ނިންމީ އެބިންތައް ކުއްޔަށް ދޫކޮށް ކައުންސިލަށް އާމްދަނީ ހޯދުމަށެވެ. އެގޮތުން އެ ސަރަހައްދުން 44 ގޯތި ނެގުމަށް ވަނީ ނިންމާފައެވެ. އަދި މިއީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ކުރާ ކަމެއް ކަމަށް ވެސް ކައުންސިލުން ބުނެއެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *