ރާއްޖޭގައި އޮތްއެންމެ ބޮޑު ދެ މައްސަލައަކީ ދީނަށް ފުރައްސަރަކުރުމާއި، މީސްތަކުން ދީނާ ދުރުކުރުމުގެ މަސައްކަތްކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް) ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ، ރާއްޖެއަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ދެ މައްސަލައަކީ، ހަރުކަށި ފިކުރުގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ތ.އޮމަދޫގައި ވިދާޅުވުމާއި ގުޅިގެންނެވެ.
ރައީސްގެ އެވާހަކަފުޅަށް ރައްދު ދެއްވަމުން ރެޑްވޭވް ސަލީމް ވިދާޅުވީ، ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ މައްސަލައަކީ ދީނަށް ފުރައްސަރަކުރުމާއި، މީސްތަކުން ދީނާ ދުރުކުރުމުގެ މަސައްކަތްކުރުންކަމަށެވެ. އަދި މިދެމައްސަލައަށް ހައްލު ލިބުމުން ހުރިހާ ކަމެއް ހައްލުވެގެންދާނެކަމަށާއި، ހުރިހާކަމެއްގެ ހައްލަކީ އިސްލާމް ދީންކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
Mi dhe mahsala ah hallu libineema hurihaa kameh hallu vegen dhaane hurihaa kamehge hahlakee islaam dheen
— Ahmed Saleem (@redwave_saleem) August 21, 2021
ސަލީމް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ފަހަކަށް އައިސް ދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައ ޚިޔާލުފާޅުކުރާ މީހުން އިތުރުވެފައިވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެކަން ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ތ.އޮމަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ޖީލަކަށްފަހު ޖީލެއް މަސްތުވާތަކެތީގައި ޖެހި ހަލާކުވަމުން އެބަދާ ކަމަށާއި މިކަމުގައި ހުރިހާ އެންމެން އެއްކޮށް ތެދުވެ މަސައްކަތް ކޮށްގެން ނޫނިއްޔާ އެ މައްސައަށް ހައްލެއް ލިބޭނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މިހާރު ވަނީ މިއަދާ ހިސާބަށް އައިއިރުގައި، މި ދެ ކަމަށްވެސް ރަނގަޅު ޕްލޭނެއް އެކުލަވާލެވިފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ