ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރަށް ސަރުކާރުން 32 ބިލެއް ހުށަހަޅަން ނިންމައިފިއެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 82 ވަނަ މާއްދާގެ ރ ގެ ދަށުުން މަޖިލީހަށް ހުށަހަޅަން ގަސްތުކުރާ ބިލުތަކުގެ ލިސްޓެއް މަޖިލީހަށް ފޮނުއްވާފައެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ހުށަހެޅުމަށް ގަސްތުކުރާ ބިލުތަކުގެ ލިސްޓު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން އެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުގެ ފަރާތުން ހޯމަދުވަހު ވަނީ ފޮނުވާފައެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލްތަކުގެ ތެރޭގައި ނޫނީ އަދި ޝަރުއީ ދާއިރާއާ ގުޅުންހުރި ބިލުތަކާއި ދީނީ އަދި އިޖްތިމާއީ ދާއިރާއާގުޅޭ ބިލުތަކާއި އިގްތިސާދީ އަދި ތިމާވެށީގެ ދާއިރާއާގުޅޭ ބިލުތައް ހިމެނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހެޅަން ޤަޞްދުކުރާ ބިލުތައް https://t.co/p9phNjLLzt pic.twitter.com/QFdZxSuPkv
— AG Office Maldives (@AGOmv) August 16, 2021
މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކޮންމެ މަޖިލީހުގެ ކޮންމެ ދައުރެއް ފެށުމުގެކުރިން، އެ ދައުރަކަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ގަސްތުކުރާ ބިލުތަކުގެ ލިސްޓެއް ސަރުކާރުން މަޖިލީހަށް ފޮނުވަންވާނެކަމަށެވެ. އަދި އެލިސްޓު މެމްބަރުންނާއި ހިއްސާކުރަންވާނޭކަމަށްވެސް ގަވާއިދުގައިވެއެވެ.
ކޮމެންޓު ފޮނުވާ