ޓީސީ ދޫކޮށް ލުމަށްފަހު ބެންޖޯ ސަސްއަށް

ޓީސީ ދޫކޮށް ލުމަށްފަހު ބެންޖޯ ސަސްއަށް

Author
އިބްރާހީމް ސާޢިދު
27 އޮކްޓޯބަރ 2020 11:16
0

ގައުމީ ޓީމަށްވެސް ކުޅެފައިވާ ތަޖުރިބާކާރު އަބްދުﷲ ހަނީފް (ބެންޖޯ) ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ސޮއި ކޮށްފިއެވެ.

ބެންޖޯގެ އިތުރުން ޝާފީ އާއި ޓީސީ ސްޕޯޓްސް ކްލަބުގެ ކެޕްޓަން އަހުމަދު ފައްރާހް (ފައްރަ)ގެ ސޮއިވެސް ސަސްއިން ވަނީ  ހޯދާފައެވެ. 2017 ވަނަ އަހަރުން ފެށިގެން ޓީސީއަށް ކުޅުމަށްފަހު ބެންޖޯ ކުލަބު ބަދަލުކުރި އިރު އޭނާ ފުރަތަމަ ފެށީ 2005 ވަނަ އަހަރު ހުރިއްޔާ ސްޕޯޓްސް ކުލަބުންނެވެ. އޭގެ ފަހުން ވީބީ، އައްޑޫ އެފްސީއަށް ގިނަ ސީޒަންތަކެއް ކުޅުމަށްފަހު 2012 ވަނަ އަހަރު އީގަލްސްއަށް ބަދަލުވިއެވެ.

ބެންޖޯ ވަނީ ވެލެންސިއާ އާއި ނިއު ރޭޑިއަންޓްއަށްވެސް ކުޅެފައެވެ. ގައުމީ ޓީމަށްވެސް ބައެއް މެޗުތައް ކުޅުނު ބެންޖޯއަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް މިހާރު ކުޅެމުން އަންނަ އެންމެ ތަޖުރިބާކާރު އެއް ޑިފެންޑަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.