އދ. އަތޮޅު ޑައިމަންޑްސް އަތުރުގާ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އދ. އަތޮޅު ޑައިމަންޑްސް އަތުރުގާ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Author
ޢަލީ އާދަމް
15 އޮގަސްޓް 2021 08:55
0

އދ. އަތޮޅު ޑައިމަންޑްސް އަތުރުގާ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު ލިބިފައި ވަނީ ރިސޯޓުގެ މޫދުކޮޓަރިއެއްގައި ކަމަށެވެ.

މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 20:22 ހާއިރު ކަމަށާއި މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔާއެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވާން ފަށާފައި ވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ރިސޯޓުގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައި ވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. އަދި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.