އިނިގިރޭސި ލީގުގައި ޓޮޓެންހަމް ރޭ މުހިންމު މޮޅެއް ހޯދައިފިއެވެ. ރޭ ލީގުގައި ކުޅުނު މެޗު ޓޮޓްނަމް ކާމިޔާބުކުރީ 1-0 ލަނޑުންނެވެ.
މެޗުގެ ހަމަ އެކަނި ލަނޑު ޓޮޓްނަމުން ކާމިޔާބުކުރީ 76 ވަނަ މިނޓުގައި ހެރީ ކޭން ނަގައިދިން ހުރަހަކުން ބޮލުން ގޯލުގެތެރެއަށް ފޮނިވާލައިގެން ސޮން މިން ހުންއެވެ. މިއީ މި ދެކުޅުންތެރިން އެކުވެގެން ޖެހި 29 ވަނަ ލަނޑެވެ. ދެކުޅުންތެރިން އެކުވެގެން ކުރިން އެންމެ ގިނަލަނޑު ޖަހާފަވަނީ ޗެލްސީގެ މިހާރު ކޯޗު ފްރޭންކް ލަންޕާޑް އާއި ޑްރޮގްބާ ގުޅިގެންނެވެ.
ރޭގަ މެޗުގައި ބާންލީގެ އެޝްލީ ބާނޭސް ލެނޑެއް ޖެހިނަމަވެސް އޭނާ އެލަނޑު ޖެހިއިރު އޮފްސައިޑުގައި ހުރުމުން ވަނީ ބަލައިނުގަނެފައެވެ. ރޭގެ މެޗުގައި ޖެހި ލަނޑާއެކު ސަންވަނީ 8 ލަނޑާއެކު މި ސީޒަނުގެ ލީގުގެ ލަނޑު ލިސްޓުގެ ކުރިޔަށްޖެހިލާފައެވެ. ދެވަނައިގައި އޮތީ އޭނާ އަށްވުރެ އެއް ލަނޑު މަދުން ޖަހައިގެން އެވަޓަންގެ ޑޮމިނިކް ކުލައިވެޓް ލެވިންއެވެ. ރޭގެ ސަން ލަނޑުޖަހަން އެހީވި ހެރީކީން ވަނީ ޓޮޓްނަމުން މި ސީޒަނުގެ ޖެހި 8 ލަނޑެއް ކާމިޔާބުކޮއްދިނުމަށް އެހީތެރިވެދީފައެވެ.
ރޭގައި ލީގުގައި ބްރައިޓަން އާއި ވެސްޓް ބްރޮމްވިޗް އެލިބިއަން ވާދަކުރި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. ރޭގައި ޓޮޓްނަމުން ހޯދި މުހިންމު މޮޅާއެކު ލީގުގެ ފަސްވަނައަށްކުރިޔަށް ޖެހިލާފައެވެ. ޓޮޓްނަމް ވަނީ 6 މެޗުން 11 ޕޮއިންޓް ހޯދާފަ. ބާންލީ އޮތީ 1 ޕޮއިންޓާ އެކު ލީގުގެ ފަހަތުން ދެވަނައިގަ ރެލިގޭޝަން ޒޯނުގައިއެވެ.