ޖެކޮލިން އޭނާގެ މުވައްޒަފަކަށް އަގުބޮޑު ކާރެއް ގަނެދީފި

ޖެކޮލިން އޭނާގެ މުވައްޒަފަކަށް އަގުބޮޑު ކާރެއް ގަނެދީފި

Author
މުޙައްމަދު ޝަޒައިމް
27 އޮކްޓޯބަރ 2020 07:37
0

ބޮލީވުޑްގެ މަގްބޫލު އަންހެން ތަރިން ޖެކޮލިން ފަނޭންޑަޒްއަކީ ތަފާތު ތަރިއެކެވެ. އޭނާގެ މުވައްޒަފުންނަށް ވަރަށް ކަމޭހިތާ އަޅާލާ ތަރިއެކެވެ. އެގޮތުން އޭނާ މި ވަނީ ދާދި ފަހުން އޭނާގެ މުވައްޒަކަށް އަގުބޮޑު ކާރެއް ގަނެދީފައެވެ.

ދުސެހެރާ ފެސްޓިވަލްއާ ދިމާކޮށް ޖެކޮލިން އޭނާގެ މުވައްޒަފަކަށް ކާރެއް ގަނެދީފައިވާއިރު، އެ މަންޒަރު ވީޑިއޯއަކުންވެސް ފެނިގެން ދެއެވެ. އެ ވީޑިއޯގައި ޖެކޮލިން ޓްރެފިކް ފުލުހެއްގެ ހެދުމުގައި ފެނިގެންދާއިރު، އޭނާގެ އަތުގައި ތޫޖާ ތާލީ އެއް ފެނެއެވެ. އޭނާ ހުރީ ފިލްމެއްގެ ސެޓްގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ސްޓާފް މެންބަރަކީ އޭނާ އަލަށް ފިލްމީ ދާއިރާއަށް ނުކުތް އިރުން ފެށިގެން އޭނާއާއެކު މަސައްކަތް ކުރަމުން ދާ މުވައްޒަފެކެވެ. ޖެކޮލިން މީގެ ކުރިން ވަނީ އޭނާގެ މޭކަޕް އާޓިސްޓަށްވެސް ކާރެއް ގަނެދީފައެވެ. އޭނާއަކީ ސްޓާފުންނަށް ވަރަށް ބޮޑަށް ކަމޭހިތާ އަޅާލާ ތަރިއެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރެއެވެ.

އަދި އޭނައަކީ ސޯޝަލް މީޑިއާގައިވެސް ވަރަށް މަޝްހޫރު ތަރިއެއްކަން ފާހަގަކޮށްލަން ޖެހެއެވެ. މަސައްކަތުގެ ގޮތުން ބަލާއިރު، އޭނާ ފެނިގެންދާ ފިލްމްތަކެއް ވަރަށް އަވަހަށް ފެނިގެން ދާނެއެވެ. އެގޮތުން އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޖޯން އަބްރަހަމްއާއެކު ފެނިގެންދާ އެޓޭކްއިންނެވެ.

މީގެ އިތުރުން،ސަލްމާން ޚާން އާއެކު ކިކް 2 އިންވެސް އޭނާ ފެނިގެން ދާނެއެވެ. އަދި ރަންވީރް ސިންގ އާއި ރޯހިތް ޝެޓީއާއެކު އޭނާ ސާކަސްއިންވެސް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.