މެއި މަހުގެ 6ވަނަ ދުވަހު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ލިބިވަޑައިގެންނވި ޖިސްމާނީ އަނިޔާތަކުން މިހަރު ފަސޭހަފުޅު ނުވަނީ ފަޔަށް ލިބިވަޑައިގެންނވި ދެ އަނިޔާއެއްކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝިދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން ރާއްޖެއިން ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު ވަނީ ޖަރުމަންވިލާތުން ފަރުވާ ހޯއްދަވާފައެވެ. އަިދ މިވަގުތު އިތުރު ފަރުވާއަށް ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގައެވެ.
މަޝްހޫރު ނިއުސްޗެނަލް އެމެރުިކާގެ ސީއެންއެންގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މެއި 6 ގެ ހަމަލާތް ސަލާމަތްވީ ކިރިޔާކަން ފާހަގަކުރައްވާ، އެހަމަލާއިން އެމަނިކުފާނުގެ ތެރެރެ ހައްޓަށް ލިބިވަޑައިގެންވި ޒަޚަމްތަކަށް މިހާރު ފަރުވާ ހޯއްދަވާ ޝިފާ ލިބިފައިވާކަމަށެވެ. ނަމަވެސް ޖިސްމާނީ ގޮތުން ހަށިގަނޑުގެ ބޭރަށް ލިބުނު އަނިޔާތަކުގެ ތެރެއިން މިވަގުތު ފަސޭހަފުޅުނުވަނީ ހަމައެކަނި ފަޔަށް ލިބިވަޑައިގަތް ދެ އަނިޠާއެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ، މެއި 6ގެ ހަމަލާއިން ވަރަށް ގިނަ އަނިޔާ ލިބިވަޑައިގެންނވިކަމަށެވެ. ނަމަވެސް މަސައްކަތްކުރައްވަނީ އެ އަނިޔާތަކުން އަރައިގަނެ ހެޔޮ ހާލުގައި ރާއްހެ ދިއުމަށްމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވެފައިވާގޮތުގައި އެ ހަމަލާގެ ސަބަބުން ކަނާއަތުގެ ތިން އިނގިއްޔެއްގެ ހަރަކާތް ވަރަށް ކުޑައެވެ. އަދި އެއް ކަންފަތަށް ލިބުނު ގެއލްުމުގެ ސަބަބުން އަޑު އިވުމުގައި މައްސަލަތަކެއް ހުރިކަމަށެވެ. އެހެންކަމުން ނޮވެމްބަރު މަހު އިތުރު ސާރޖަރީއެއް ހައްދަވަންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ރައީސް ނަޝީދު ވިދާޅުވީ ހަށިކޮޅުގެ ބައެއް ތަންތަން އަދިވެސް އައްސިވެފައި ހުންނަކަމަށެވެ.
Most island nations don’t have the necessary financial resources to battle #ClimateChange. @MohamedNasheed Former President of the #Maldives explains what’s at stake if these countries don’t get the help they need.@LyndaKinkade | #TheMaldives | @cnni pic.twitter.com/UHrliVgXL3
— One World CNN (@OneWorldCNN) August 12, 2021
މެއި މަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީކޮޅަށް ހިނގަވާފައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެންވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. މިއަނިޔާތަކާއި ގުޅިގެން 16 ގަޑިއިރުގެ ނުރައްކާތެރި އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލުގައި ވަނީކޮށްފައެވެ. ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށާއި، އެ އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
އޭޑީކޭ ހޮސްޕިޓަލުން ގިނަ ސާޖަރީތަކެއް ހައްދަވައި ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާއަށް އެމަނިކުފާނު ޖަރުމަން ވިލާތަށް ވަޑައިގެންނެވީ މެއި 13ވަނަ ދުވަހުގައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން 10 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ. މި ހަމަލާ އާއި ގުޅިގެން ދެން ހައްޔަރުކޮށްފައި ވަނީ ކ. މާލެ މާފަންނު ކުދެހިގެ އިސްހާގު އާއި ގއ. ވިލިގިލި ހުދުރުވާގެ ފަހުމީ އަލީ އާއި އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް އާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީންއެވެ.