އެމެރިކާގައި މިހާރު ފެތުރެމުންދާ ޑެލްޓާ ވޭރިއެންޓް ކޮންޓްރޯލް ކުރުމުގެ ގޮތުން، ހަށިގަޑުގެ ދިފާޢީ ނިޒާމުގެ ބާރު ދަށް މީހުންނަށް ވެކްސިންގެ ދެ ޑޯޒު ހަމަކުރުމަށްފަހު، އިތުރު ޑޯޒެއް ޖެހުމުގެ ހުއްދަ އެމެރިކާގައި، މިހަފްތާގެ ބުރާސްފަތި ދުވަހު ދީފިއެވެ.
"އެމެރިކާ މިހާރުވަނީ ކޯވިޑް19ގެ އިތުރު ރާޅަކާ ކުރިމަތިލާން ޖެހިފަ، އަދި ވަކީން ޚާއްސަކޮށް ހަށިގަޑުގެ ދިފާޢީ ބާރު ދަށް މީހުންނަށް އިތުރަށް ބަލިޖެހުމުގެ ފުރުސަތު ވަރަށް ބޮޑު،" އެމެރިކާގެ ފޫޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންއިން ނެރުނު ބަޔާނެއްގައި އެ އޭޖެންސީގެ ވަގުތީ ކޮމިޝަނަރ ޖެނެޓް ވޫޑްކޮކް ވިދާޅުވެފައި ވެއެވެ.
"ވެކްސިން ފުރިހަމަ ކޮށްފައިވާ ވަކިވަކި ފަރުފުންވަނީ ކޯވިޑުން ފުރިހަމަޔަށް ރައްކާތެރި ވެފަ، އެމީހުން ކޯވިޑ19ގެ އިތުރު ވެކްސިންގެ ޑޯޒެއް ބޭނުމެއް ނުވާނެ،" އޭނާ ވިދާޅުވެފައި ވެއެވެ.
އެފްޑީއޭއިން ބުނެފައިވަނީ، ވެކްސިންގެ އިތުރު ޑޯޒެއް ބޭނުންވަނީ، ހަށިގަޑުގެ ގުނަވަންތައް ބަދަލު ކޮށްފައިވާ ފަރާތްތަކާއި، އަދި އޭގެ އިތުރުން ދިފާޢީ ނިޒާމުގެ ބާރު ދެރަވެފައިވާ ފަރާތްތަކަަށް ކަމުގައެވެ.
އިސްރާއީލުން ފަހަކަށް އައިސް، ކޯވިޑް ވެކްސިންގެ 3 ވަނަ ޑޯޒްވެސް ޖަހަން ފެށިފަހުން، އެމެރިކާގެ ކަމާގުޅޭ ފަރާތްތަކުންވެސް ވަނީ، ވެކްސިންގެ ދެޑޯޒް ހަމަ ކޮށްފައިވާ ފަރާތްތަކުން އިތުރު ޑޯޯޒެއް ޖަހަން ފެނޭތޯ ބަހުސްކުރަމުން ގެންގޮސްފައެވެ.
އެމެރިކާގައި މިހާތަނަށް އައިއިރު 619,000 މީހުން ކޯވިޑް19ގައި މަރުވެފައިވާއިރު، ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ފަހަކަށް އައިސް އެގައުމުގައި ކޯވިޑަށް މީހުން ޕޮޒިޓިވްވާ ރޭޓްވަނީ އިތުރުވާން ފަށާފައެވެ.
ކޮމެންޓު ފޮނުވާ