އޭދަފުށި މެޖިސްޓްރޭޓްގެ ސްލޫކީ މައްސަލަ ސާބިތެއްނުވި

އޭދަފުށި މެޖިސްޓްރޭޓްގެ ސްލޫކީ މައްސަލަ ސާބިތެއްނުވި

Author
މުޙައްމަދު ޝަޒައިމް
12 އޮގަސްޓް 2021 04:58
0

ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ އުއްމުކުލްސުމް އަބޫބަކުރުގެ ސުލޫކީ މައްސަލަ، ސާބިތުނުވާކަމަށް ޖޭއެސްސީން ނިންމާފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން 2019 ސެޕްޓެމްބަރ 30 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤު ކުރުމަށް ނޯޓިސްދީފައިވާ ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްސުމް އަބޫބަކުރުގެ ސުލޫކީ މައްސަލަ، ތަޙްޤީޤްކުރެވި އެމައްސަލަ ސާބިތުނުވާކަމަށް މިމަހުގެ 8 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ.

ޖޭއެސްސީއަށް ހުށަހެޅިފައިވާ ރަށްރަށުގެ މެޖިސްޓްރޭޓުންނާއި، އަދި މާލޭގެ އެކި ކޯޓުތަކުގެ ފަނޑިޔަރުންނާއި، ގުޅޭ ގިނަ މައްސަލަތަކެއް އެކޮމިޝަނުން މިހާރުވެސް ވަނީ ބަލާނިންމާފައެވެ. އޭގެ ތެރޭގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކާއި، މަސްލަހަތު ހިމެނޭ މައްސަލަތައް ބެލުމާއި، މަޤާމުގެ ނުފޫޒު ބޭނުންކުރާ މައްސަލަތައްވެސް ހިމެނެއެވެ.

ޖޭއެސްސީން ވަނީ މިފަދަ ބައެއް މައްސަލަތައް ނިންމައި ބައެއް ބޭފުޅުން މަޤާމުތަކުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށްވެސް ފޮނުވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.