ވެރޯނާ އަތުން އެއްވަރުވެ ޔުވެންޓަސް ފަސްވަނައަށް

ވެރޯނާ އަތުން އެއްވަރުވެ ޔުވެންޓަސް ފަސްވަނައަށް

ގުޅުންހުރި

އިޓާލިއަން ސެރިއާގައި ޔުވެންޓަސް އާއި ހެލަސް ވެރޯނާ ބައްދަލުކުރި މެޗު އެއްވަރުވެ ޔުވެންޓަސް ތާވަލުގެ ފަސްވަނައަށް ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ޔުވެންޓަސް އެއްވަރުވީ 1-1 ލަނޑުންނެވެ.

މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެރޯނާއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންދްރެއާ ފަވިއްލީއެވެ. މި ލަނޑު ޖެހުމުގެ ކުރިން ޔެވެންޓަސްއިން ވަނީ ފުރަތަމަ ހާފްގައި ލަނޑެއް ޖަހާފައެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޔުވެންޓަސްގެ ފޯވާޑް އަލްވާރޯ މޮރާޓާ ލަނޑެއް ކާމިޔާބުކުރި ނަމަވެސް، އޭނާ އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގަނެފައެއް ނުވެއެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެޖާން ކުލުސެވްސްކީ ވަނީ ލަނޑެއް ޖަހާ ޔުވެންޓަސް އަށް ވަނީ ނަތީޖާ ހަމަހަމަކޮއްދީފައެވެ. ލީގުގައި ޔުވެންޓަސް އަށް ފުރަތަމަ ފަސް މެޗުން މޮޅުވެވުނީ ދެ މެޗުންނެވެ. އަނެއް ތިން މެޗު އެއްވަރުވީ އެވެ. އެ ޓީމު އޮތީ ނުވަ ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. އެއްވަނައިގައި އޮތް އޭސީ މިލާނަށް ވަނީ ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައެވެ. ވެރޯނާ އޮތީ ތާވަލުގެ އަށްވަނައިގައި ފަސް މެޗުން އަށް ޕޮއިންޓާއެކުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *