މެޑްރިޑު ފަހަތަށް ޖައްސާލައި ސޮސެއިޑާޑް އެއްވަނައަށް

މެޑްރިޑު ފަހަތަށް ޖައްސާލައި ސޮސެއިޑާޑް އެއްވަނައަށް

Author
އިބްރާހީމް ސާޢިދު
26 އޮކްޓޯބަރ 2020 09:34
0

ރެއާލް ސޮސިއެޑާޑް އިން 4-1 އިން ހުއެސްކާ ބަލިކޮށް ސްޕެނިޝް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މިކޭލް އޮޔާޒަބަލްގެ ގޯލުން ފުރަތަމަ ހާފުގައި ސޮސިއެޑާޑް ލީޑުނަގާފައިވަނިކޮށް ދެ ވަނަ ހާފްގެ ކުރީކޮޅުގައި ހުއެސްކާގެ ރަފާ މީރް ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ސޮސިއެޑާޑަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ ޕެނަލްޓީ އަކުން އޮޔާޒަބަލް އެވެ. އެ ޓީމުގެ ފަހު ދެ ގޯލު ޖެހީ ކްރިސްޓިއަން ޕޯޓޫ އަދި އަލެކްސަންޑަ އައިސާކްއެވެ.

ސޮސިއެޑާޑުގެ ދަނޑުގައި ކުޅުނު މި މެޗުގައި ޓްރާންސްފާ މާކެޓުގައި މެންޗެސްޓާ ސިޓީ ދޫކޮށް އެ ޓީމާ ގުޅުނު ތަޖުރިބާކާރު މިޑްފީލްޑަރު ޑޭވިޑް ސިލްވާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގައި އޭނާ ވަނީ ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ.

މިނަތީޖާއެކު ސޮސިއެޑާޑް އެއް ވަނަ އަށް އެރީ ހަތް މެޗުން 14 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތީ ރެއާލް މެޑްރިޑް އެވެ. އެ ޓީމަށް ހަ މެޗުން ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ގްރަނާޑާ އަށް ވެސް ވަނީ ހަ މެޗުން 13 ޕޮއިންޓް ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.