އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންނާއި، ކުރީގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން އަށް ދަޢުވާކުރި ސްޕީޑުގައި މިނިސްޓަރ މަހުލޫފްގެ މައްސަލަ ކުރިއަށްނުދާތީ މަހުލޫފް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
މިނިސްޓަރ މަހުލޫފް ގެންދަވަނީ އެތައް ދުވަހަކު ސަސްޕެންޝަނުގައި ހުންނަން ޖެހުމުން އެކަމާއި ހިތްހަމަ ނުޖެހުން ފާޅު ކުރައްވަމުންނެވެ. މަހުލޫފް މިއަދު ވިދާޅުވީ ރައީސް ޔާމީންއާއި، ނިހާންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމާއިއެކު ގިނަ ދުވަސްތަކެއް ނުކޮށް ދައުވާ ކޮށްފައިވާކަމަށެވެ. ނަމަވެސް އޭނާގެ މައްސަލަ 65 ދުވަސް ވެގެންދިޔަ އިރުވެސް ވާނުވާގައި އޮތުމަކީ ކަންބޮޑުވާކަމެއްކަމަށެވެ.
ރައީސް ޔާމީން ގެ މައްސަލަ PG އޮފީހަށް ފޮނުވިތާ 7 ދުވަސް ތެރޭ ދައުވާ ކުރިއެވެ. MP ނިހާން ގެ މައްސަލަ ފޮނުވިތާ 10 ތެރޭ ދައުވާ ކުރިއެވެ. އަޅުގަނޑުގެ މައްސަލައަަށް 65 ދުވަސް ވީއިރު އަދިވެސް ވިދާޅުވަނީ ނިމޭޭނެއިރެއް ނޭގޭކަމަށް. ދައުވާ ކުރިޔަސް ނުކުރިޔަސް ގޮތެއް ނިންމަވާށެވެ.
– މަހުލޫފް ވިދާޅުވިއެވެ.
ރައީސް ޔާމީން ގެ މައްސަލަ PG އޮފީހަށް ފޮނުވިތާ 7 ދުވަސް ތެރޭ ދައުވާ ކުރިއެވެ.
MP ނިހާން ގެ މައްސަލަ ފޮނުވިތާ 10 ތެރޭ ދައުވާ ކުރިއެވެ.
އަޅުގަނޑުގެ މައްސަލައަަށް 65 ދުވަސް ވީއިރު އަދިވެސް ވިދާޅުވަނީ ނިމޭޭނެއިރެއް ނޭގޭކަމަށް.
ދައުވާ ކުރިޔަސް ނުކުރިޔަސް ގޮތެއް ނިންމަވާށެވެ
— Ahmed Mahloof (@AhmedMahloof) August 10, 2021
މިނިސްޓަރު މަހްލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ދެފަހަރެއްގެ މަތިން ޕީޖީ އޮފީހުގައި ވަނީ އެދިފަ އެވެ. އޭނާގެ މައްޗަށް އޭސީސީން ބެލި މައްސަލައަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅޭ ފައިސާ ލިބިފައި ވާކަމަށް ތުހުމަތުކުރާ މައްސަލައެކެވެ.
މަހުކޫފްވަނީ އިއްޔެވެސް މިކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. މަހުލޫފް ވިދާޅުވެފައިވަނީ މަހްލޫފު ވިދާޅުވީ ފެށުނީއްސުރެ އޭނާގެ މައްސަލައިގެ ތެރެއަށް ނުފޫޒުގަދަ ސިޔާސީ ބަޔަކު ވަދެ މިކަން ހިންގަނީ ސީދާ ޒާތީ ގޮތުން ކަމަށެވެ. އަދި ދައުވާކޮށްފިނަމަ ކޯޓުތެރޭން އެހުރިހާ ކަމެއް ހާމަވާނެ ކަމަށްވެސް މަހްލޫފު ވިދާޅުވިއެވެ. އަދި ޕީޖީގެ މައްޗަށް މަހްލޫފު ވަނީ މި މައްސަލާގައި ގިނަ ތުހުމަތު ތަކެއް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ