އަދުރޭގެ ރައްދު ޢުމަރަށް: ރައީސް ނަޝީދާއެކު ރައީސް ޔާމީން ހައްދަވާނެ ޑީލެއް ނޯންނާނެ!

އަދުރޭގެ ރައްދު ޢުމަރަށް: ރައީސް ނަޝީދާއެކު ރައީސް ޔާމީން ހައްދަވާނެ ޑީލެއް ނޯންނާނެ!

Author
މުޙައްމަދު ޖިމީ
10 އޮގަސްޓް 2021 12:20
0

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއެކު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްދަވާނެ ޑީލެއް ނޯންނާނެކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާއ ހަވާލުވެ ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ، ރައީސް ޔާމީނާއި ރައީސް ނަޝީދު ސިއްރު ޑީލެއް ހައްދަވާފައިވާ ކަމަށާއި، އެއީ ޝައްކެއް އޮތްކަމެއް ނޫންކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ރޭ ވިދަޅުވުމާއި ގުޅިގެން އެކަމަށް ދެއްވި ރައްދުގައެވެ.

އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަކީ އެއްވެސް ބޭފުޅަކާއެކު ސިއްރު ޑީލް ހައްދަވާނެ ބޭފުޅެއް ނޫންކަމަށެވެ. ޚާއްޞަކޮށް ރައީސް ނަޝީދާއެކު ހައްދަވާނެ ޑީލެއް ނީންނާނެކަމަށާއި، އެމަނިކުފާނަކީ އެއްގޮތެއްގައި ސާބިތުވެ ހުންނަވާ ހަމައެކަނި ލީޑަރުކަމަށް އަދުރޭ ވިދާޅުވިއެވެ.

ޢަމުދުން ރ.ނަޝީދާއެކު ރ.ޔާމީން ހައްދަވާނެ ޑީލެއް ނޯންނާނެ.ރާއްޖޭގެ ސިޔާސީ މައިދާނުގައި އެއްގޮތެއްގައި ސާބިތުވެ ހުންނެވި ހަމަ އެކަނީ ލީޑަރަކީ ރ.ޔާމީން.ރައްޔިތުންނަށް އެކަން ވަރަށް ސާފު. ރައީސް ޔާމީން މިނިވަންކުރޭ.

– ޢަބުއްރަޙީމް ޢަބްދުﷲ

ރޭ ދިވެހި ޗެނަލްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ، ރައީސް ޔާމީނާއި، ރައީސް ނަޝީދު މިހާރު ސިއްރު ޑީލެއް ހައްދަވާފައިވާ ކަމަށާއި، ރައީސް ޔާމިންގެ ބޭނުންފުޅަކަށް ވާނީ ޖަލުން މިނިވަންވުން ކަމަށެވެ. އެ ގޮތުން އެކަމަށް ކޮށްދެއްވެވެން ހުރި މަސައްކަތްތައް ރައީސް ނަޝީދު ކޮށްދެއްވުން ކަމަށާއި، ރައީސް ނަޝީދުގެ ފަރާތްޕުޅުންވެސް ކޮންމެ ވެސް ކަމެއް ހުށަހަޅުއްވާފައި އޮންނާނެ ކަމަށް ޢުމަރު ވިދާޅުވިއެވެ. ސިޔާސީ މަސައްކަތުގައި ގައި އޮންނަ ގޮތަކީ އެއީ ކަމަށްވެސް ޢުމަރު ނަޞީރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ ރައީސް ޔާމިނަކީ އެއަށްވުރެ ”ސްމާޓް“ ބޭފުޅެއް ކަމަށާއި، ފެންނަ ހިސާބެއްގައި އެ މަނިކުފާނު ޑީލެއް ނުހައްދަވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.