ސިޓީގެ ޕްލޭންގައި މެސީ ނުހިމެނޭ، ރޭހުގެ ކުރީގައި ޕީއެސްޖީ

ސިޓީގެ ޕްލޭންގައި މެސީ ނުހިމެނޭ، ރޭހުގެ ކުރީގައި ޕީއެސްޖީ

Author
މުޙައްމަދު ޝަޒައިމް
07 އޮގަސްޓް 2021 11:02
0

އިންގްލިޝް ޕްރިމިއަރ ލީގުގެ ރަންބޫޓު އެންމެފަހު ސީޒަންގައި ހާސިލް ކުރި ޓޮޓްނަމް ހޮޓްސްޕަރގެ ފޯވަޑް ހެރީ ކޭންއަކީ ބޭނުން ކުޅުންތެރިއެއް ކަމަށާއި ނަމަވެސް ދުނިޔޭގައި އުފެދުނު ކަމަށް ބުނެވޭ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލިއޮނެލް މެސީއާމެދު ވިސްނުމެއް ނެތް ކަމަށް އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ހާމަކޮށްފިއެވެ.

ބާސާއިން މެސީގެ އެއްބަސްވުން އައު ނުކުރެވޭނެކަން ބުރާސްފަތި ދުވަހު އިއުލާން ކޮށްފައިވާއިރު، މެސީ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން ސިޓީންވެސް މެސީ ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމަކު ސިޓީން ބުރާސްފަތި ދުވަހު އިންގްލެންޑްގެ މިޑްފިލްޑަރު ޖެކް ގްރީލިޝްގެ ސޮއި ވަނީ ހޯދާފައެވެ. އެއާއިއެކު ގާޑިއޯލާ ބުނީ ސިޓީގެ ޓާގެޓަކަށް މިފަހަރުގެ ޓްރާންސްފަރ މާކެޓުގައިވީ ގްރީލިޝް ކަމަށާއި، އޭނާގެ ސޮއި ސިޓީން ވަނީ ހޯދާފައި ކަމަށެވެ. އަދި ގްރީލިޝް ސިޓީގައި ކުޅޭނީ 10 ނަމްބަރު ޖާޒީ ލައިގެން ކަމަށެވެ.

މާލީ ހާލަތަށް ބަލާއިރު، މެންޗެސްޓާ ސިޓީ އަށް އޮތް ފުރުސަތު ޕީއެސްޖީ އަށް ވެސް އެބައޮތެވެ. ހަމަހަމަ ފުރުސަތެކެވެ. ފްޓްބޯލް ޓްރާންސްފާގެ ތަޖްރިބާކާރު ނޫސްވެރިޔާ، ފެބްރިޓްޒިއޯ ރޮމާނޯ ބުނީ، ބާސާގައި މެސީ މަޑު ނުކުރާނެ ކަން އިއުލާން ކުރި ފަހުން، ޕީއެސްޖީން ސީދާ މެސީއާ ވާހަކަ ދައްކަން ފަށައިފި ކަމަށެވެ. ނޭމާ އާއި މެސީ ޕީއެސްޖީގެ ޖޯޒީގައ ބައްދާލައިގެން ތިބޭ ފޮޓޯއެއް އެޑިޓް ކުރުމަށް ފަހު އާޖެންޓީނާގެ ކުޅިވަރު ޗެނަލް ޓީއެންޓީ ސްޕޯޓްސް އިން އިންސްޓްގްރާމްގައި ހިއްސާ ކުރި ޕޯސްޓަށް ނޭމާ ވަނީ ރިއެކްޓް ކޮށްފައެވެ.

ޕީއެސްޖީ އޮތީ ޗެމްޕިއަންސް ލީގު ހޯދުމަށް ޓީމު ހަދައިފަ އެވެ. މެސީ އެ ކްލަބަށް ބަދަލުވާ ނަމަ އެހެން ގޮތްގޮތުން ވެސް ފަސޭހަތަކެއް ލިބޭނެއެވެ. ސްޕެއިންގައި ކުރިމަތިވާ ޓެކްސް މައްސަލައިގެ އުނދަގުލެއް ފްރާންސްގައި ކުރިމައްޗެއް ނުވާނެ އެވެ. ޕެރިހަކީ ދިރިއުޅެން ފަސޭހަ ސިޓީއެެކެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ބަދަލުވާން ލިއޮނަލް މެސީ އެއްބަސްވެފައިވެފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން މެސީގެ މި އެއްބަަސްވުމާއި އެކު ރަސްމީ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި މި އެއްބަސްވުމުގެ ބައެއް މާއްދާތަކާއި ގުޅޭގޮތުން މެސީގެ ބައްޕަ ޖޯޖް މެސީ ވަނީ މިހާރު ފްރާންސްއަށް ދަތުރުކުރަން ނިންމާފައެވެ. މެސީއާއި ޕީއެސްޖީއާއި ދެމެދު ވާން ތައްޔާރުވަނީ އެއް އަހަރުދުވަހުގެ އެއްބަސްވުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ދެ ފަރާތުން އެއްބަސްވާ ނަމަ އެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭ ގޮތަށް އެއްބަސްވެފައިވެއެވެ.

ބާސެލޯނާ އާއެކު އެއްބަސްވުމަކަށް ނުގޮސް މެސީ އެ ކުލަބް ދޫކޮށްލަން ޖެހުނީ އެ ކުލަބަށް އިގްތިސޯދީ ގޮތުން ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުންނާއި ސްޕެނިޝް ލަލީގާގެ ރެގިއުލޭޝަންތައް ހުރިގޮތުންނެވެ.

މިކަމާއި ގުޅިގެން ބާސެލޯނާގެ ރައީސް ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ލަޕޯޓޭ ވިދާޅުވީ މެސީ ބަހައްޓަން ގަވާއިދުތަކާއި ގާނޫނުތަކުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރި ކަމަށާއި ދިމާވި ހަމައެކަނި ގޮންޖެހުމަކީ ލަލީގާގެ ހަރުކަށި މާލީ އުސޫލުތައް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.