ސައުތެމްޓަނުން ހޯދީ ހައްގު މޮޅެއް: އެންޗެލޯޓީ

ސައުތެމްޓަނުން ހޯދީ ހައްގު މޮޅެއް: އެންޗެލޯޓީ

Author
އިބްރާހީމް ސާޢިދު
26 އޮކްޓޯބަރ 2020 08:04
0

އިނގިރޭސި ލީގުގައި ރޭ ސައުތެމްޕްޓަނާއި ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުން ހޯދީ ހައްގުމޮޅެއް ކަމަށް އެވަޓަންގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފިއެވެ. ސައުތެމްޓަންގެ ދަނޑުގައި ރޭ އެވަޓަން ބަލިވީ 2-0 ލަނޑުންނެވެ.

މެޗަށް ފަހު ވާހަކަދައްކަމުން އެންޗެލޯޓީ ބުނީ މެޗުގައި މޮޅަށް ކުޅުނީ ސައުތެމްޓަނުން ކަމަށާއި އެޓީމުން ހޯދީ ހައްގު މޮޅެއް ކަމަށެވެ. އަދި އެވަޓަންއަށް މެޗުގައި އެޓީމުގެ އަސްލުކުޅުން ދެއްކިފައި ނުވާކަމަށެވެ. މެޗުން ބަލިވި ސަބަބަކަށް ދެއްކި ރަތްކާޑު ނުހަދާނެކަމަށްވެސް އެންޗެލޯޓީ ވަނީ ބުނެފައެވެ. މެޗުގައި އެވަޓަންގެ ޑިފެންޑަރު ލޫކަސް ޑީންއަށް ދެއްކި ރަތްކާޑު ބަލައިނުގަތުމަށް އެދި މައްސަލަ ހުށަހަޅާނެ ކަމަށް އެވަޓަންގެ ކޯޗު އެންޗެލޯޓީ ބުނިއެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ކައިލް ވޯކަރ ޕީޓަރސްއަށް ޑީން ފަހަތުން ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މެޗުގައި ކުޅުންތެރިޔާ އަށް ސީދާ ރަތްކާޑެއް ދެއްކުމުން ފެނިގެންދަޔިއީ ރެފްރީގެ ނާގާބިލުކަން ކަމަށް ބުނެ އޭނާވަނީ ރެފްރީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އަހަންނަށް ހީވަނީ މީ ތަންކޮޅެއް ބޮޑުވަރުހެން، މިއީ ދައްކާ ބަހަނާއެއް ނޫން، އެހަންނަކަށް ނުވިސްނޭ އެއީ ރަތްކާޑު ދައްކަންޖެހޭ ހާލަތެއް ކަމަށް.

– އެންޗެލޯޓީ

މިއީ ވިދިވިދިގެން އެވަޓަން ކުޅުންތެރިޔަކަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލި ދެވަނަ މެޗެވެ. މިދިޔަހަފްތާގައި ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އެވަޓަންގެ ރިކާލްސަންއަށް ވަނީ ރަތްކާޑު ދައްކާފައެވެ. މިއީ މިސީޒަނުގައި ޕްރިިއަރ ލީގުގައި އެވަޓަން ބަލިވި ފުރަތަމަ ފަހަރެވެ.

މި ނަތީޖާއާއެކުވެސް ލީގުގެ ޕޮއިންޓް ތާވަލްގެ އެއްވަނައިގައި އޮތީ އެވަޓަންއެވެ. މެޗުން ބަލިވެ ލިވަޕޫލާއި ޕޮއިންޓުގެ ގޮތުން އެއްވަރުވިނަމަވެސް އެވަޓަންއަށް ކުރިލިބެނީ ލަނޑުގެ ތަފާތުންނެވެ. މިދެޓީމްވެސް ވަނީ 13 ޕޮއިންޓުހޯދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.