ޝިޔާމް؛ އާޒިމްއަށް: ބައްލަވާ އަދިވެސް "ކުރީސަރުކާރު"ގެ ހާސަރު ހުއްޓާކަށްނުވޭތޯ؟

ޝިޔާމް؛ އާޒިމްއަށް: ބައްލަވާ އަދިވެސް "ކުރީސަރުކާރު"ގެ ހާސަރު ހުއްޓާކަށްނުވޭތޯ؟

Author
މުޙައްމަދު ޝަޒައިމް
29 ޖުލައި 2021 07:57
0

ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްނުވި، ރައްޔިތުންގެ ނުރުހުން އަމާޒުވާ ކޮންމެ ފަހަރަކު ކުރީ ސަރުކާރު ކިޔުން ހުއްޓާލަން ނުވޭތޯ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރާއި ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ސުވާލު ކުރައްވައިފިއެވެ.

މާލޭގެ ކަރަންޓު ބިލު ބޮޑުވެ ރައްޔިތުންނަށް އެކަން ބުރައަކަށް ވެފައިވާކަމަށްބުނެ މާލެ ސިޓީގެ މޭޔަރު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވެފައިވަނީ މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް ކަމަށެވެ.

އާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން، ޝިޔާމް ވިދާޅުވީ މިސަރުކާރަށް ރައްޔިތުން ހުރިހާ ބާރެއް ދިންތާ 3 އަހަރާއި ގާތްވާއިރުވެސް އަދިވެސް ކިޔަމުންދަނީ ކުރީ ސަރުކާރުކަމަށެވެ. ރައްޔިތުން މިސަރުކާރާއި ވެރިކަން ހަވާލުކުރީ ކުރީ ސަރުކާރު ކިޔަން ނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ. ރައްޔިތުންނަށް ދޭޚިދުމަތް ބޮޑުވެ، ޚިދުމަތުގެ ފެންވަރު ދަށްވުމުން ރައްޔިތުން ޝަކުވާކޮށް އެއަޑު އިއްވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ބައްލަވާ އަދިވެސް ތިޔަ ހާސަރު ހުއްޓާކަށްނުވޭ. ހުރިހަ ބާރަކާއިއެކީ 3 އަހަރުވީމަ ރައްޔިތުންނަށް ތިވާހަކަތައް ވަނީ ޖޯކަކަށް. ކަންފަތްޕުޅަށް އަޑު ގެންދަން ކޮންމެ ފަހަރަކު ރައްޔިތުން މިޖެހެނީ އޮބި އަޅަން. ދައުރު ނިމުމުގެ ކުރިން ރައްޔިތުންތަކަކަށް ޚިދުމަތެއް ކޮށްދިނުންމާ އައުލާކަންބޮޑު.

– ޝިޔާމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މިއަދު ސަރުކާރަށް އިޤްތިޞާދީ ގޮތުން މިދިމާވާ ދަތިތަކަކީ، ނިމިދިޔަ ސަރުކާރުން ޚާއްސަކޮށް މުއިއްޒުވެސް ހިމެނި ވަޑައިގަންނަވާ ކެބިނެޓަކުން އަމަލުކުރެއްވި ގޮތަކުން ޖެހެމުންދާ ދަތިތަކެއްކަމަށެވެ. ނަމަވެސް ސަރުކާރުން ދަނީ މިކަންކަން ހައްލުކޮށް ރައްޔިތުންނަށް އަދަށްވުރެ ފަހި މާދަމައެއް ހޯދުމަށް މަސައްކަތް ކުރަމުން ކަމުގައި އާޒިމް ވިދާޅުވިއެވެ.

މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް. އެކަން އެގޮތައް ދިމާމިވަނީ މަނިކުފާނު އިން ކެބިނެޓަކުން ދެކޮޅުނުޖެހޭ އިގްތިޟާދީ ގިނަ ނިންމުންތަކެއް ނިންމުމުގެ ސަބަބުން. އިރާދަފުޅުން މާދަމައަކީ މާރަގަޅުދުވަހަކަށް ހަދާނަން.

– އާޒިމް ވިދާޅުވިއެވެ.

އެމްޑީޕީ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަށްފަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ކުއްލި ގޮތަކަށް ބައްލު ކުރެއްވުމަށްފަހު އާޒިމް ސަރުކާރަށް ތާއީދުކޮށް ވަނީ ވާހަކަ ދައްކަވަން ފައްޓާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ބޭއްވި ބައްދަލުވުމަށްފަހު، އާޒިމް ވިދާޅުވީ ބައްދަލުވުމުގައި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި މަޖިލީހާއި އެހެން މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން ރައީސާއެކު ވާހަކަ ދެކެވުނުކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Adindaa19
ކުރީ ސަރުކާރާ އަޅައި ގަތީ އުތަ.