ހައިލަމް، އަފީފަށް: އިޖުރާތުތައް ބޮލާލާޖެހުމަށްފަހު އަބްދުﷲ ޤާޟީވެސް ހައްޔަރުކުރިން ނޫންތޯ؟

ހައިލަމް، އަފީފަށް: އިޖުރާތުތައް ބޮލާލާޖެހުމަށްފަހު އަބްދުﷲ ޤާޟީވެސް ހައްޔަރުކުރިން ނޫންތޯ؟

Author
މުޙައްމަދު ޝަޒައިމް
29 ޖުލައި 2021 05:02
0

ރައީސް ނަޝީދަށް ހަމަލާދިން ރެއިން ފެށިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ޖެހޭކަމަށް ކުރީގެ ހޯމް މިނިސްޓަރ ހަސަން އަފީފް ވިދާޅުވެ ދެއްކެވި ވާހަތަކަށް ކްރިމިނަލް ކޯޓިގެ ކުރީގެ އިސް ޤާޟީ އަހުމަދު ހައިލަމް ރައްދު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށްފަހު ހަމަލާދިން ރެއިން ފެށިގެން ރާއްޖޭގައި އޮންނަންޖެހޭނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިފައިކަމަށް އަފީފް ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ.

އަފީފްގެ ވާހަތަކާއި ގުޅިގެން ހައިލަމް ވިދާޅުވީ 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ޤާޟީއަކަށް ހުންނެވި އަބްދުﷲ މުހައްމަދު (އަބްދުއްﷲ) ޤާޒީ ހިފާ ހައްޔަރުކޮށް، އިޖުރާތުތައް ބޮލާލައި ޖެހުމަށްފަހު އަމަލުކުރި ގޮތަށް މިއަދުވެސް އަމަލު ކުރައްވަން މަސައްކަތް ކުރައްވާކަމަށެވެ. އެދުވަހުވެސް ކަންކަން ކޮށްފައިވަނީ އެއްވެސް އުސޫލަކުން ނޫންކަމަށް ވިދާޅުވެ ހައިލަމް ވަނީ އަފީފްގެ އެދުވަހުގެ ވީޑިއޯއެއްވެސް ހިއްސާ ކުރައްވާފައެވެ.

ތިގޮތަށް ރައީސް ނަޝީދުގެ އޯޑަރަށް ޖަޒުބާތުގައި ޖެހިގެން ހުރިހާ އިޖުރާއާތެއް ބޮލާލާޖެހުމަށްފަހު ޢަބްދުالله ޤާޟީ ހައްޔަރުކުރީ.

– ހައިލަމް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަބްދުﷲ ޤާޟީ ރައީސް ނަޝީދުގެ އޯޑަރަށް ހިފާ ހައްޔަރުކޮށް ހިންގި ކަންތައްތަކާއި ގުޅިގެން ރައީސް ނަޝީދުގެ ވެރިކަމާއި ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކަށްފަހު ވަނީ އަމިއްލަފުޅަށް ވެރިކަމުން އިސްތިއުފާ ދެއްވާފައެވެ.

އެމްޑީޕީން އުފައްދާފައިވާ “މެއި ހައެއް” ކޮމެޓީގެ ޗެއަރޕާސަންގެ މަޤާމުވެސް ފުރުއްވާ ހަސަން އަފީފް އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ 2019 ވަނަ އަހަރުން ފެށިގެން 10 ފަހަރެއްގެ މަތީން ރައީސް ނަޝީދު މަރާލަން ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުން އުޅެފައިވާކަން މަޖިލީހުން އެކުލަވާލި އިންކުއަރީން ހާމަވާކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ. ތަކުރާރުކޮށް އެތައް ފަހަރަކު މަރުގެ ހަމަލާގެ އިންޓަލިޖެންސް ލިބިފައިވާއިރުވެސް ކަމާއިބެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅު ނޭޅި އޮތްކަމީ މިއަދު ފެންނަން އޮތް ހަގީގަތްކަމަށް އަފީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަރުކަށި ހައްދު ފަހަނަ އަޅާފައިވާ ފިކުރުގެ މީހުންނަކީ ދިވެހި ދައުލަތާއި، ދިވެހި ފައިސާއާއި، ދިވެހިންގެ މި މުޖުތަމައު ގަބޫލު ނުކުރާބަޔަކަށްވާއިރު އެމީހުން ރާއްޖޭގައި އުޅެންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އޭނާ ވިދާޅުވީ މިމީހުންގެ މަސައްކަތް މުޅި ރާއްޖޭގައި އިންތިހާއަށް ފުޅާކޮށްފައިވާއިރު، މިކަމާއި ދެކޮޅަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ފުލުހުންނަށް ފުރުސަތު ދޭންޖެހޭކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.