ކޯވިޑް-19 ގެ ކޭސްތަކެއް ފެނުމާ ގުޅިގެން ށ. ފީވަކާއި މ. ކޮޅުފުށި އަނެއްކާވެސް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.
ފީވަށް މޮނިޓަރިން ހާލަތަށް ގެނައީ އެ ރަށުން ވަކި ތަރުތީބެއް ނެތި ނެގި ސާމްޕަލްތަކުގެ ތެރެއިން ތިން ސާމްޕަލެއް ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި، ގުޅިގެންނެވެ. ކޮޅުފުށި މޮނީޓަރިން ހާލަތަށް ގެނައީ ބަލީގެ އަލާމާތްތައް ހުރި ބައެއްގެ ސާމްޕަލް ނަގައިގެން ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. މިހާތަނަށް އައިއިރު ކޮޅުފުށިން 16 މީހަކު ކޯވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ.
ފީވަކުން ޕޮޒިޓިވް ވި މީހުންނަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު މާލެއިން އެރަށަށް ދިޔަ ބައެކެވެ. މި ދެ ރަށަށް އަރައި ފޭބުން މަނާ ކުރުމަށް ފަހު، ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
މި ދެ ރަށާ އެކު، މިހާރު އަރައި ފޭބުން މަނާކޮށްފައި ވަނީ 12 ރަށަކަށެވެ. އެއީ ކޮޅުފުއްޓާއި ފީވަކުގެ އިތުރުން ޏ، ފުވައްމުލައް، އއ. ތޮއްޑޫ، ރ. ދުވާފަރު، ގއ. ކޫއްޑޫ، ށ. ފޯކައިދޫ، ގދ. ނަޑެއްލާ، ކ. ކާށިދޫ، އއ. ރަސްދޫ، ހދ. ހުޅުދުއްފުށި، ހދ. ދިއްދޫއެވެ.
ކޮމެންޓު ފޮނުވާ