ވޯޓާސް ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ވޯޓާސް ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
29 ޖުލައި 2021 02:23
0

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން 5 ދާއިރާއެއްގައި ބާއްވާ އިންތިޚާބުގެ ވޯޓާސް ލިސްޓް އާންމުކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އިލެކްޝަނުން 5 ދާއިރާއެއްގައި އިންތިޚާބު ބޭއްވުމަށް އޮންލައިންކޮށް ރީރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ރީ-ރަޖިސްޓްރީ ވުމަށް ފޯމް ހުށަހަޅާފައިވަނީ 2 ރަށަކުންނެވެ. ރީ-ރަޖިސްޓްރީވުމަށް އއ.ފެރިދޫއިން 27 ފޯމް ހުށަހަޅާފައިވާއިރު، ނ.މަގޫދޫ އިން ހުށަހަޅާފައިވަނީ 3 ފޯމެވެ. ރީ-ރަޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ ނޮޅިވަރަން، ކެނދިކުޅުދޫ ކ. ދިއްފުށި އަދި ފެރިދޫ، ރައްޔިތުން އެކަންޏެވެ.

އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ މިހާރު އާންމުކޮށްފައިވާ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 ގެ ނިޔަލަށް ހުޅުވާލައިފާވާކަމަށް ކޮމިޝަނުން ބުނެއެވެ. މި ރަޖިސްޓަރީ ކޮމިޝަނުގެ ވެބްސައިޓްގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ. މީގެއިތުރުން އެސް.އެމް.އެސް މެދުވެރުކޮށް ވެސް ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފޮށި ބަލައިލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ކޮމިޝަނުން ބުނީ މި ރަޖިސްޓަރީއަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ "ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" މެދުވެރިކޮށް ކަމަށެވެ. މި ފޯމު ވެސް ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މެއިލް މެދުވެރިކޮށް ކަމަށް ކޮމިޝަނުން ބުނެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން 5 ދާއިރާއެއްގައި ކަނޑައެޅިފައިވާ އަދަދަށް މެމްބަރުން ކުރިމަތިލުމުން އެމެމްބަރުން ވަނީ އިންތިޚާބަކާއި ނުލައި، އިންތިޚާބުވެފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން އިންތިޚާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލައިގެން އިންތިޚާބުވި ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ސަރުކާރު ހިންގާ މައިޕާޓީގެ 5 މެމްބަރުންނާއި، އިދިކޮޅު ޕީޕީއެމްގެ 5 މެމްބަރުންނާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ 3 މެމްބަރުންނެވެ. ދެން އިންތިޚާބުވި މެމްބަރުންނަކީ އަމިއްލަ ގޮތުން ކުރިމަތިލި ކެނޑިޑޭޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.