އާޒިމް، މުއިއްޒުއަށް: މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް

އާޒިމް، މުއިއްޒުއަށް: މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް

Author
މުޙައްމަދު ޝަޒައިމް
29 ޖުލައި 2021 02:12
0

މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްގެ ރައްދެއް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއަށް ދެއްވައިފިއެވެ.

އާޒިމް މިފަދަ ޓްވީޓެއް ކުރައްވާފައިވަނީ، މިމަހުގެ ކަރަންޓް ބިލް ބޮޑުވުމާއި ގުޅިގެން ބިލު ދައްކަން ރައްޔިތުންނަށް ދަތިވެދާނެކަމަށް ބުނެ ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މުއިއްޒު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

އާޒިމް ވިދާޅުވީ، މިއަދު ސަރުކާރަށް އިޤްތިޞާދީ ގޮތުން މިދިމާވާ ދަތިތަކަކީ، ނިމިދިޔަ ސަރުކާރުން ޚާއްސަކޮށް މުއިއްޒުވެސް ހިމެނި ވަޑައިގަންނަވާ ކެބިނެޓަކުން އަމަލުކުރެއްވި ގޮތަކުން ޖެހެމުންދާ ދަތިތަކެއްކަމަށެވެ. ނަމަވެސް ސަރުކާރުން ދަނީ މިކަންކަން ހައްލުކޮށް ރައްޔިތުންނަށް އަދަށްވުރެ ފަހި މާދަމައެއް ހޯދުމަށް މަސައްކަތް ކުރަމުން ކަމުގައި އާޒިމް ވިދާޅުވިއެވެ.

މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް. އެކަން އެގޮތައް ދިމާމިވަނީ މަނިކުފާނު އިން ކެބިނެޓަކުން ދެކޮޅުނުޖެހޭ އިގްތިޟާދީ ގިނަ ނިންމުންތަކެއް ނިންމުމުގެ ސަބަބުން. އިރާދަފުޅުން މާދަމައަކީ މާރަގަޅުދުވަހަކަށް ހަދާނަން.

– އާޒިމް ވިދާޅުވިއެވެ.

އެމްޑީޕީ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަށްފަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ކުއްލި ގޮތަކަށް ބައްލު ކުރެއްވުމަށްފަހު އާޒިމް ސަރުކާރަށް ތާއީދުކޮށް ވަނީ ވާހަކަ ދައްކަވަން ފައްޓާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ބޭއްވި ބައްދަލުވުމަށްފަހު، އާޒިމް ވިދާޅުވީ ބައްދަލުވުމުގައި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި މަޖިލީހާއި އެހެން މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން ރައީސާއެކު ވާހަކަ ދެކެވުނުކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކިހިނެތްވަނީ
ފާޅުކުރާހިޔާލައް ވަނީ ކިހިނެތްކަމެންނޭގެ ފެންނާކަންނުހުރެ
ޢ ޢަވާމެނދުރު
ތިމީހުން ފާފަޔަކަންފަހުފާފައެތް ކުރަނީވެސް ކުރީސަރުކާރާހުރެތަ ނަރަކަޔަން ދެވުނީމަވެސްބުނާނީވެސް ކުރީސަރުކާރާހުރޭތަ ކޮންފަދަކަމެންތަމި ތިޕާޓީ ވެއްޖެނު މިހާރު އުވާލަން މިހާރު ހންނާނީ މިހާރު އުމުރުދުވަހު އުޅޭވަރައް ރުފިޔާޖަމާވެފަ
H Hum
ޟމިނަގަބިލުސަރުކަރު ގެޔަވަދެ
ދ ދީވާނާ
ކުރީސަރުކާރު ގޯސްކަމަށް އެވެރިން ނުދެކެއެވެ. ޢަދިވެސް ސަރުކާރު އަތުޖެހޭތޯ އެބަލަނީ، އެއީ ޚުދުމުޚުތާރު، އަނިޔާވެރި، ވައްކަން އިންތިހާއަށް ހިންގި ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުން ކަނޑާލި ވެރިކަމެއް ކަމަކަށް ގަބޫލެއް ނުކުރެއެވެ.
ދ ދީދާރު
ކުރީސަރުކާރު ގޯސްކަމަށް އެވެރިން ނުދެކެއެވެ. ޢަދިވެސް ސަރުކާރު އަތުޖެހޭތޯ އެބަލަނީ، އެއީ ޚުދުމުޚުތާރު، އަނިޔާވެރި، ވައްކަން އިންތިހާއަށް ހިންގި ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުން ކަނޑާލި ވެރިކަމެއް ކަމަކަށް ގަބޫލެއް ނުކުރެއެވެ.
ކ ކިރުކަކުނި
ކިހާބޮޑު އުނދަގުލެއް!!! ކުރީ ސަރުކާރުން ހަދާފަ ހުރި ގޯސްތައް ރަނގަޅުކޮށް ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ހޯދައިދޭނަމޭ ގޮވަމުން ކަލޭމެން ވޯޓު ހޯދަން އައީ. ކަލޭމެންނަށް ވެރިކަންދީ، މަޖިލިސްދިނީމަވެސް ކަލޭމެން ހިތް ނުފުރުނު. އަދިވެސް މިކިޔަނީ ކުރީ ސަރުކާރޭ ކުރީ ސަރުކާރޭ. ފެންވަރު ނެތިއްޔާ ގޭގަތިބެބަލަ. ގައުމު ކޮޅައްޖެހޭވަރު ރައްޔިތެއް ހުރިއްޔާ ހަވާލުވެދާނެ. ހުވާ މިބުނީ ކަލޭމެންގެ ޖީބަށް ހުރިހާ އެއްޗެއް ވަންނަނީ. ނިކަން ދެން ވޯޓު ހޯދަން އާދެބަލަ ލޯ އުފުރާލާފަ ކަކުނި ލޮލެއް ޖަހާފަ ފޮނުވާލާނީ.
މ މޫސަ
މިހަަރު އެއްކަލަ އެވިދާޅުވާ ޖާރިޔާކޮބައިތޯއެވެ