ބަލްގޭރިއާގެ ޓޫރިޒަމް މިނިސްޓަރާ، މިނިސްޓަރ ޝާހިދު މުހިންމު މަޝްވަރާތަކެއް!

ބަލްގޭރިއާގެ ޓޫރިޒަމް މިނިސްޓަރާ، މިނިސްޓަރ ޝާހިދު މުހިންމު މަޝްވަރާތަކެއް!

Author
މުޙައްމަދު ޝަޒައިމް
29 ޖުލައި 2021 12:43
0

ބަލްގޭރިއާއާއި، ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށާއި، އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މިނިސްޓަރ ޝާހިދު ބަލްގޭރިއާގެ  ޓޫރިޒަމް މިނިސްޓަރ ޑރ. ސްޓެލާ ބަލްޓޮވާއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ފޮރިން މިނިސްޓަރ ބަލްގޭރިއާގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވާފައިވަނީ އެ މަނިކުފާނު ބަލްގޭރިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ބަލްގޭރިއާގެ ފޮރިން މިނިސްޓްރީގައެވެ.

މިބައްދަލުވުމުގައި ދެބޭފުޅުންވަނީ ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ޚާއްސަކޮށް ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، ބަލްގޭރިއާގެ ފަތުރުވެރިން ރާއްޖެއަށް އަންނަ ނިސްބަތް އިތުރު ކުުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ ބަލްގޭރިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި މި އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ބަލްގޭރިއާގެ ޓޫރިޒަމް މިނިސްޓަރ ޑރ. ސްޓެލާ ވަނީ ފަތުރުވެރިކަމުގެ ރޮނގުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ބަލްގޭރިއާއާއި ރާއްޖެއާ ދެމެދު އިތުރު ދަތުރުތައް ބޭއްވުން މުހިންމުކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.