މަރާމާތަށްފަހު މޫދަށް ބޭލި ޖާބިރުގެ ޔޮޓު، ފަރަށް އަރައިފި

މަރާމާތަށްފަހު މޫދަށް ބޭލި ޖާބިރުގެ ޔޮޓު، ފަރަށް އަރައިފި

Author
މުޙައްމަދު ޝަޒައިމް
29 ޖުލައި 2021 12:24
0

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް މަރާމާތަށްފަހު މޫދަށް ބާލައިގެން ދުއްވަނިކޮށް ފަރަށް އަރައިފިއެވެ.

މާރަމާމާތަށްފަހު ޔޮޓު މޫދަށް ބާލާފައިވަނީ މިއަދުއެވެ. މިއަދު ހެނދުނު ތިލަފުށިން ޔޮޓު ހުޅުމާލެއަށް ގެންދިއުމަށް ޖާބިރުވެސް ވަނީ ހަރަކާތްތެރިވެފައެވެ. ޔޮޓު ފަރަށް އަރާފައިވަނީ ހުޅުމާލޭގައި ޔޮޓު ބާއްވާން ދަނިކޮށް ނެރުމައްޗަށް އަރައިގެންނެވެ. ފޮޓޯއިން ފެންނަ ގޮތުގައި ޔޮޓު އޮތް ނެރުކައިރި ވަނީ ވަރަށް ބޮޑަށް ދިޔަވަރު ހިކިފައެވެ. މިވަގުތުވެސް ޖާބިރު ހުންނެވީ ޔޮޓުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޮޓު ފުން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް އެކި ފަހަރު މަތީން ކަނޑުމަތީގެ އެކި ހާދިސާތައް ކުރިމަތިވެފައެވެ.

ޖާބިރުގެ ޔޮޓު މިއަދު ފަރަށް އަރާފައިވާއިރު، މިއަދަކީ މާލެ ސަރަހައްދަށް މޫސުންވެސް އެހާ ގޯސް ދުވަހެއް ނޫނެވެ. ނަމަވެސް މެޓް އޮފީހުން ވަނީ މިދުވަސްވަރު މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައެވެ. އަދި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.