ވައްޑެ މައުމޫނަށް: ވެރިކަން އެއްވެސް ދުވަސްވަރެއްގައި ކުރެއްވިންތޯ؟

ވައްޑެ މައުމޫނަށް: ވެރިކަން އެއްވެސް ދުވަސްވަރެއްގައި ކުރެއްވިންތޯ؟

Author
މުޙައްމަދު ޝަޒައިމް
29 ޖުލައި 2021 11:22
0

ކުރީގެ ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ހިނގާފައިވާކަމަށް ބުނާ ބައެއް ހާދިސާތަކާއި ގުޅިގެން ރައީސް މައުމޫން ދެއްކެވި ވާހަތަކާއި ގުޅިގެން މައުމޫން އެއްވެސް ދުވަސް ވަރެއްގައި ވެރިކަން ކުރައްވާފައިވޭތޯ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ރައީސް މައުމޫނާއި ސުވާލު ކުރައްވައިފިއެވެ.

މީޑިއާއެއްގައި ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އެއްވެސް ޝަރީއަތެއް ކުރުމެއް ނެތި އެތައް ބަޔަކު މަރާފައިވާކަމަށް ދެކެވޭ ވާހަކަ ދޮގުކުރައްވާފައެވެ. ރައީސް މައުމޫންގެ ވާހަތަކާއި ގުޅިގެން ސިޔާސީ ބައެއް ބޭފުޅުންނާއި، ޚާއްސަކޮށް އެމްޑީޕީއަށް ނިސްބަތްވާ ބައެއް ނޭގުޅުން ގެންދަވަނީ އެމަނިކުފާނަށް ރައްދު ދެއްވަމުންނެވެ.

ރައީސް މައުމޫގެ ވެރިކަމުގައި ހިނގައިދިޔަ ކަމަށްބުނާ މަރުގެ ހާދިސާތަކާއި، ނުހައްގުން އަނިޔާދިން ކަމަށް ބުނާ މައްސަލަތަކާއި ގުޅިގެން އެމަނިކުފާ އިންކާރު ކުރެއްވުމަށް ވައްޑެ ވިދާޅުވީ އެއްވެސް ދުވަސް ވަރެއްގައި ރައީސް މައުމޫން ވެރިކަން ކުރެއްވިކަން ސާފުކޮށް ދިނުމަކީ އެދޭކަމެއްކަމަށެވެ.

ރައީސް މައުމޫނު ވިދާޅުވީ، އެމަނިކުފާނުގެ އޯޑަރަށް މީހުން މަރާފައިވާކަމަށް ބުނެ ތަފާތު އެކި ގޮތްގޮތަށް ވާހަކަތައް ދެކެވިފައިވާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަން ޝަރީއަތުގެ މަރުޙަލާއިން ވެސް ސާބިތުވެފައިވާކަން ރައީސް މައުމޫނު ފާހަގަކުރެއްވިއެވެ.

ރައީސް މައުމޫނު ވިދާޅުވެފައިވަނީ އެމަނިކުފާނަކީ އެއްވެސް އިރެއްގައި މީހަކު މަރާފައިވާނެ ބޭފުޅެއް ނޫންކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. އޭގެ އިތުރުން ރައީސް މައުމޫނު ވިދާޅުވީ، 3 ނޮވެމްބަރުގައި ހިނގާ ދިޔަ ކަންކަން ތަހުގީގުކުރުމަށްފަހު ޝަރީއަތުގެ މަރުޙަލާއިން ކުށް ސާބިތުވެ މަރުގެ ޙުކުމް އިއްވާފައިވާ މީހުން ތިބި ކަމަށެވެ. އަދި ދިގު މުއްދަތަކަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވާ މީހުން ވެސް ތިބިކަން ފާހަގަކުރައްވައި ރައީސް މައުމޫނު ވިދާޅުވީ، އެ މައްސަލައިގައި ކޮށްފައިވާ މަރުގެ ޙުކުމްތައް މައާފު ކޮށްދެއްވާފައިވާނެ ކަމަށެވެ. އަދި އެ ދުވަސްވަރު ރާއްޖެއިން ބޭރަށް ވަޑައިގެންނެވިއިރު، މަރުގެ ޙުކުމް އިއްވާފައި ތިބި މީހުން މަރާލުމަށް ޤައުމެއްގެ އިސް ވެރިއަކު ވެސް ލަފާ ދެއްވިކަން ރައީސް މައުމޫނު ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢޭނާ ކަބާ
މައުމޫނު ވެރިކަން ދެމެހެއްޓުމަށް ރާއްޖޭގައި ނުއުފެދޭ ގަހެއްގައި އަޅާ މަސްތެއް ޒުވާނުންނަށްދީ ޖީލެއްފަނާކޮށް ނެތިކޮށްލީ.. މީނާ އަށް ﷲ ގެ ދަރުބާރުގައި ސަލާމަތް ވެވޭނެބާ... އަހުރެންވެސް އެދުވަހު މީނާ އާއި ދެކޮޅަށް ދައުވާކުރާނަން އަޑުއުފުލާނަން... ސަލާމަތެއް ނުވެވޭނެ.. ޖީލެއްގެ ސުވާލުތަކާ ކުރިމަތި ލާންޖެހޭނެ... ﷲ މިފަދަ ހުރިހާ އަނިޔާވެރިން ނަށް މިބިމުގައިވެސް ބަދު ދުވަސްތަށް ދައްކަވާންދޭ...
ކ ކޮރަކަލި
ވައްޑެ ރައީސްމައުމޫނު ކާރިން ރާއީސްްކަންކުރިހޭ އެހިއިރު ވައްޑޭ ހުރީހަމަހޭގައި ތޯ
ވަށްޑެމެންގެ ރޫހާނީމީހާ ކުފޫހަމަނުވިއަސް ވެރިކަމަށްއާދެވުނީ ހަރުކަށިފިކުރުއުފަށްދައި ލާދީނަށް ތާއީދުކުރާމީހުން ވޯޓްދީގެން ވަރަށްސާފް އިނގޭތޯ
ބ ބޯގެރި
ޥައްޑެ ކަލޭތީކާކު ރައީސް މައުމޫނާ ޖެހި ގަންނަން. ޥެރިކަމެއް ކުރިއްޔާ މިގައުމުގައި ކޮށްފަ ވަނީ މައުމޫން. ޥ ސަލާމް.
ެ ެަައަހުމަދު
މީ މެންބަރުކަން ލިބިގެން ހެެއަށް ގޮތް ވެފައިވާ ދަށު ދަރަޖައިގެ އެކްޓްވިސްޓެއް. މިކަހަލަ މީހުނަށް މަޖިލީހުން ޖާގަ ދީގެން ޤައުމަށް ލިބޭނެ މަންފާއެއް ނޯއްނާނެ
R Respect
Aslu ves thee hama thedeh. . Adabeh sadabeh neh. Mee boduvaru. Meege meehun laigen gaumu duvaanee fahathah.. kuriyakah nudaane . Thimaa ah gondi eh libigen thi ulhenee . Maaka Gina duvahaku thi gondiaku needeveyne. Vote laairu meege meehunaa deytherey eba jehey visnan .