ކޮންޓެއިނަރ ބަރިއެއްގެ މަތިން ވެއްޓުނު އެމްޕީއެލްގެ މުވައްޒަފަކަށް އަނިޔާވެއްޖެ

ކޮންޓެއިނަރ ބަރިއެއްގެ މަތިން ވެއްޓުނު އެމްޕީއެލްގެ މުވައްޒަފަކަށް އަނިޔާވެއްޖެ

Author
ޢަލީ އާދަމް
29 ޖުލައި 2021 06:51
0

ކޮންޓެއިނަރ ބަރިއެއްގެ މަތިން ވެއްޓި، އެމްޕީއެލްގެ މުވައްޒަފެއްގެ އަތް ބިންދައިގެން ހިނގައްޖެ އެވެ.

އެމްޕީއެލްގެ ސްޕޯކްސްޕާސަން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ރޭ އިރާކޮޅު ކަމަށާއި، ހާދިސާ ހިނގީ ހަރުގަނޑެއް ބޭނުންކޮށްގެން ދެ ބަރިއަށް ޖަހާފައި ހުރި ކޮންޓެއިނަރު ބަރިއެއްގެ މަތީގައި ހުރެފައި ތިން ބަރިއަށް ޖަހާފައި ހުރި ބަރިއެއްގެ މައްޗަށް އަރަން އެމްޕީއެލްގެ މުވައްޒަފެއް އުޅުމުގެ ތެރޭގައި ކަމަށެވެ.

މި ހާދިސާގައި ވެއްޓުނު މީހާގެ ކޮނޑުހުޅާ އުޅަބޮއްޓާ ދޭތެރޭ އިންނަ ކަށިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށްވެސް އެކުންފުނީގެ ސްޕޯކްސްޕާސަން ވިދާޅުވިއެވެ.

އަނިޔާވި މުވައްޒަފަށް އައިޖީއެމްއެޗުގައި ފަރުވާދިނުމަށްފަހު، ބިންދައިގެން ދިޔަ ތަނުގެ ސާޖަރީއެއް އަވަހަށް ހަދަން ޖެހޭތީ ރޭ ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލުން ބުނީ މުވައްޒަފު ވެއްޓުނުއިރުވެސް އޭނާ ހުރީ ސަލާމަތީ އެއްޗެހި އަޅައިގެން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.