ފުރަތަމަ ފަހަރަށް އެވަޓަން ބަލިވެއްޖެ

ފުރަތަމަ ފަހަރަށް އެވަޓަން ބަލިވެއްޖެ

Author
އިބްރާހީމް ސާޢިދު
25 އޮކްޓޯބަރ 2020 11:04
0

މި ސީޒަނުގެ ފުރަތަމަފަހަރަށް އެވަޓަން ބަލިވެއްޖެއެވެ. އިނގިރޭސި ލީގުގައި އެވަޓަން ބަލިވީ ސައުތުހެމްޓަނާ ވާދަކޮށް 2-0 ލަނޑުންނެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުގައި އެވަންޓަން ފެށީ އަނިޔާގެ ސަބަބުން މިމެޗުގައި ނުކުޅެވޭނެކަމަށް ބުނި ހަމޭސް ރޮޑްރިގޭޒް ވެސް ފުރަތަމަ އެގާރައިގަ ހިމަނައިގެންނެވެ. މެޗުގެ ފުރަތަމަހާފްގެ 19 ވަނަ މިނިޓުގައި ސިގާޑްސަން ފޮނުވާލި ހަމަލާއެއް ވަނީ ސައުތުހެމްޓަން ގޯލުގެ ހުރަސްދަނޑިއަށް ވެސް އަމާޒުވެފައެވެ.

އަނިޔާގެ ސަބަބުން އެވަޓަންގެ ކެޕްޓަން ސީމަސް ކޯލަމަން ނުލައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ސައުތުހެމްޓަނުން ކާމިޔާބުކުރީ ފުރަތަމަ ހާފްގެ 27 ވަނަ މިނިޓުގައިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ޖޭމްސް ވާޑްއެވެ. ސައުތުހެމްޓަނުގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ޑެނީ އިންގްސް ދިން ބޯޅައަކުން ޗޭ އެޑަމްސްއެވެ. މެޗުގެ ދެވަނަހާފްގައި ލޫކަސް ޑީނޭއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާފައެވެ. މިއީ ވިދިވިދިގެން އެވަޓަން ކުޅުންތެރިޔަކަށް ރަތްކާޑު ދައްކާ ދަނޑު ފޮނުވާލި ދެވަނަ މެޗެވެ. މިދަހަފްތާގައި ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އެވަޓަންގެ ރިކާލްސަންއަށް ވަނީ ރަތްކާޑު ދައްކާފައެވެ.

ސައުތުހެމްޓަން ލީގުގައި ފުރަތަމަ ދެމެޗުން ބަލިވި ނަމަވެސް އެންމެފަހުން ކުޅުނު ހަތަރު މެޗުން ވެސް އެޓީމު ބަލިވެފައެއްނުވެއެވެ. މިމެޗުން ބިލިވި ނަމަވެސް ދެވަނާއިގަވާ ލިވަޕޫލްއަށް ވުރެ އެއްޕޮއިންޓް އިތުރަށް ހޯދައިގެން އެވަޓަން އޮތީ 13 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ސައުތުހޭމްޓަން ވަނީ މި މޮޅާއެކު ލީގުގެ ފަސްވަނައަށް ކުރިޔަށްޖެހިލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.