މިއަދު ޕޮޒިޓިވް އަދަދު 141 އަށް

މިއަދު ޕޮޒިޓިވް އަދަދު 141 އަށް

Author
ޢަލީ އާދަމް
28 ޖުލައި 2021 10:40
0

ރާއްޖެއިން އިތުރު 141 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑީރުތެރޭ ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ 141 މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 22 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 98 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން 20 މީހުނާއި އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށަކުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 77،094 އަށް އަރާފައެވެ. މި ބައްޔަށް މިވަގުތު ފަރުވާ ހޯދަމުން ދަނީ 2،527 މީހުންނެވެ. މީގެތެރެއިން އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 14 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައި ވަނީ 225 މީހުނެވެ. މިއާއެކު މި ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 74،335 އަށް އަރާފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 5،152 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. އޭގެ ތެރެއިން 2373 ސާމްޕަލަކީ މާލެ ސަރަހައްދުން ނަގާފައިވާ ސާމްޕަލެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 220 މީހުން ވަނީ ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 203 ދިވެހިންނާ 17 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.