ދަސްކޮށްދިނުމުގެ ބޭނުމުގައި ވެސް މިސްކިތްތަކުގައި ކުޑަކުދިން ލައްވާ އިމާމްވެ ޖަމާއަތުގައި ނަމާދު ނުކުރުވުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ، އެ މިސްކިތުގައި އިމާމުވެ ނަމާދުކުރި ކުދިންނަކީ އިމާމު ކޯސް ހަދަމުންދާ ކުދިން ކަމަށެވެ. އެ އުމުރުގެ ކުޑަކުދިންލައްވާ އިމާމުވެ ނަމާދު ނުކުރުވަން މިހާރު އަންގާފައިވާނެ ކަމަށް ޒާހިރު ވިދާޅުވިއެވެ. ކުޑަކުދިން އިމާމުވެ ނަމާދުކުރުމާއި ގުޅޭ ގޮތުން، ބަންދަށް ފަހު ސަރުކާރު ހުޅުވުމުން ސާކިއުލާއެއް ފޮނުވާނެ ކަމަށް ވިދާޅުވިއެވެ.
ދާދި ފަހުން ވަނީ ހުޅުމާލެ ސަހަރާ މިސްކިތުގައި ކުޑަކުދިންތަކެއް އިމާމުވެ ނަމާދުކުރާ މައްސަލަ ފެންމަތިވެފަ އެވެ. އެ މިސްކިތުގައި އިމާމްވެ ނަމާދު ކުރަމުން ދިޔައީ އުމުރުން 13 އަހަރާއި 15 އަހަރުގެ ކުދިން ކަމަށް މައުލޫމާތު ލިބެއެވެ.
މިނިސްޓަރު ވިދާޅުވީ، ބެލެނިވެރިންގެ އިއުތިރާޒެއް ނެތް ނެތްނަމަ ތަރާވީސް ނަމާދު އިމާމުވެކުރަން މީގެ ކުރިން ހުއްދަ ދީފައިވާނެ ކަމަށެވެ. ނަމަވެސް އެއީ އާއްމުކޮށްކުރާ ކަންތައްތަކެއް ނޫން ކަމަށް ވިދާޅުވިއެވެ. އެ ހުއްދަވެސް ދެމުން އައީ އުމުރުން 15 އަހަރުން މަތީގެ ކުދިންނަށެވެ.
ކުޑަކުދިންލައްވާ އިމާމުވެ ނަމާދުކުރުވާ ކަމުގެ ޝަކުވާ މިނިސްޓްރީއަށް ބައެއް ރަށްރަށުންވެސް އަންނަނީ ލިބެމުންކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ