އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް 3.5 ޓަނުގެ ޕީ.ޕީ.އީ ސާމާނު ހަދިޔާކޮށްފި

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް 3.5 ޓަނުގެ ޕީ.ޕީ.އީ ސާމާނު ހަދިޔާކޮށްފި

Author
މުޙައްމަދު ޝަޒައިމް
28 ޖުލައި 2021 09:34
0

އޮސްޓްރޭލިއާ ސަރުކާރުން 3.5 ޓަނުގެ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް، ޕީ.ޕީ.އީ ސާމާނު ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.

މިތަކެތި ދިވެހި ސަރުކާރާއި ޙަވާލުކޮށްފައިވަނީ ސްރިލަންކާގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރި މި ތަކެއްޗަކީ ކޯވިޑް-19 އާއި ދެކޮޅަށް ކުރީ ސަފުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް ހަދިޔާކޮށްފައިވާ ސާމާނުތަކެކެވެ.

ލަންކާގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަނުން ކޮށްފައިވާ ޓުވީޓެއްގައި ކޯވިޑުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް އެ ޤައުމުން ރާއްޖެއަށް މިހާތަނަށް ގާތްގަނޑަކަށް 9 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދީފައިވާކަމަށް ވިދާޅުވެފައިވެއެވެ. މީގެ ތެރޭގައި ޕީ.ޕީ.އީ ސާމާނު ހަދިޔާކުރުމާއި، ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކެޕޭސިޓީގެ އިތުރުކުރުމާއި، އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅުންހުރި އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކޮށްފައިވެއެވެ.

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް 3.5 ޓަނުގެ ޕީ.ޕީ.އީ ސާމާނު ހަދިޔާކޮށްފައިވާތީ، ދިވެހި ސަރުކާރުގެ ނަމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.