ކޯވިޑްގައި ނިޔާވި މީހުންގެ އަދަދު 220 އަށް

ކޯވިޑްގައި ނިޔާވި މީހުންގެ އަދަދު 220 އަށް

ކޯވިޑް-19ގައި ރާއްޖެއިން ނިޔާވީ މީހުންގެ އަދަދު 220 އަށް އަރައިފި އެވެ.

އެގޮތުން މިއަދު މެންދުރު ރ. ދުވާފަރު ސިއްހީ މަރުކަޒަށް ގެނެވުނު ބަލި މީހަކު މެންދުރު 12 ޖެހިއިރު ނިޔާވެފައި ވާކަމަށާއި އޭނާގެ މަރަކީ ކޯވިޑް މަރެއްގެ ގޮތުގައި ނިންމާފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ކޯވިޑް ބަލިޖެހިގެން އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.

މިއާއެކު މި ބަލީގައި ރާއްޖެއިން ނިޔާވީ 220 މީހުންގެ ތެރޭގައި ހިމެނެނީ 203 ދިވެހީންނާއި 17 ބިދޭސީންނެވެ.

މެއި މަހު ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެގެން ދިއުމަށް ފަހު މިހާރު ވަނީ މާޗް މަހު ހާލަތު ހުރިވަރަށް އަނބުރާ ގޮސްފައެވެ. ރާއްޖޭގައި ކޯވިޑް ވެކްސިން ގިނަ ބަޔަކަށް ދީފައި ވުމުން މިހާރު ހާލު ބޮޑުވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މީގެއިތުރުން މި ބަލީގައި ނިޔާވާ މީހުންގެ އަދަދުވެސް މިހާރު ވަނީ ދައްވެފަ އެވެ.

މި ބަލީގައި އެންމެ ފަހުން ރާއްޖެއިން މީހަކު ނިޔާވީ މިދިޔަ ހުކުރު ދުވަހުގެ ރޭގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *