90 ދުވަހަށްފަހު، ތިނަދޫގެ މޮނީޓަރިން އުވާލައިފި

90 ދުވަހަށްފަހު، ތިނަދޫގެ މޮނީޓަރިން އުވާލައިފި

ގުޅުންހުރި

ތިން މަސް ފަހުން ގދ. ތިނަދޫގެ މޮނީޓަރިން އުވާލައިފިއެވެ.

ތިނަދޫގެ މޮނީޓަރިން އުވާލައިފައިވާކަން އެޗްއީއޯސީ އިން ވެސް މިއަދު ވަނީ އިއުލާނުކޮށްފައެވެ. ކޯވިޑް-19 ގެ ހާލަތު ގޯސްވުމުން ތިނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސް، އެރަށަށް އަރައި ފޭބުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މަނާކުރީ މިދިޔަ އޭޕްރީލް މަހު އެވެ. އެރަށުން ގިނަ ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިވްވިއެވެ.

އެރަށް މޮނީޓަރިންއިން ނެގި ނަމަވެސް އަދިވެސް ބަލިޖެހިފައި 79 މީހަކު އެބަ ތިއްބެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ތިން މީހަކު ވަނީ އަލަށް ބައްޔަށް ޕޮޒިޓިވްވެފައެވެ. ތިނަދޫ އިން މިހާތަނަށް 927 މީހަކަށް ވަނީ ބަލިޖެހިފައެވެ. އެރަށުން ބަލީގައި ދެ މީހަކު ވެސް ވަނީ މަރުވެފައެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެޅި ބައެއް ފިޔަވަޅުތަކެއް މިހާރު ވަނީީ ލުއި ދީފަ އެވެ. އެހެން ނަމަވެސް ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އަދިވެސް މާލެ އާއި ރަށްރަށުން ދަނީ ފެންނަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ