ރާއްޖެއިން އިތުރު 81 މީހުން ކޯވިޑަށް ޕޮޒިޓިވެއްޖެ

ރާއްޖެއިން އިތުރު 81 މީހުން ކޯވިޑަށް ޕޮޒިޓިވެއްޖެ

Author
ޢަލީ އާދަމް
24 ޖުލައި 2021 10:06
0

ރާއްޖެއިން އިތުރު 81 މީހުން ކޯވިޑަށް ޕޮޒިޓިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑީރުތެރޭ ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ 81 މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 20 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 44 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން 17 މީހުން ޕޮޒިޓިވްވެފައިވެއެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 76،627 އަށް އަރާފައެވެ. މިބައްޔަށް މިވަގުތު ފަރުވާ ހޯދަމުން ދަނީ 2،601 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 18 މީހުންނަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައި ވަނީ 85 މީހުނެވެ. މިއާއެކު މި ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 73،795 އަށް އަރާފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 4،863 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. އޭގެތެރެއިން 1،774 ސާމްޕަލަކީ މާލެ ސަރަހައްދުން ނަގާފައިވާ ސާމްޕަލެވެ.
ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 219 މީހުން ވަނީ ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 202 ދިވެހިންނާ 17 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.