ވިރާސީ ރަސްކަމަކަށް ބަދަލުކުރުމަކީ އަޑީ ދައުލަތެއް އުފެއްދުމުގެ ސިފަތަށް ކަމަށްވިދާޅުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
އެމްޑީޕީ ތެރޭގައި މިހާރު ކަންކަން ހިނގަމުންދާ ގޮތާއި ގުޅޭގޮތުން މޫސަ ވިދާޅުވީ އެމްޑީޕީގައި ތިމާ ނުރުހޭ މީހަކުހުރިނަމަ ޕާޓީން ބޭރުކޮށް، ޕާޓީއަށްލިބޭ ހުރިހާ ފައިސާއެއް ތިމާ ބޭނުންކުރާ އުސޫލެއް ހަދައި، ޚުދުމުހުތާރު ގޮތައި ވެރިކަންކޮށް، އަދި ހިނގަމުންދާ ވެރިކަން ވިރާސީ ރަސްކަމަކަށް ބަދަލުކޮށްލަން އުޅުމަކީ އަޑީ ދައުލަތަކަށް ގެންދިއުކަށް ކުރައްވާ މަސައްކަތެއް ކަމަށެވެ.
އެމްޑީޕީ އިންމީހުން ބޭރުުކުރުމާ، އެމްޑީޕީއަށް ލިބުނުހުރިހާ ފައިސާއެއް ވަކިމީހަކަށްހޭދަކުރުމާ ޑިމޮކްރަސީ ގެނަމުގާ ޕާޓީގެ ވެރިކަން ޚުދުމުޚްތާރުކޮށް ޤައުމުގެވެރިކަން ޚުދުމުޚްތާރު. ވިރާސީ ރަސްކަމަކަށް ބަދަލުކުރުމަކީ އަޑީ ދައުލަތެއް އުފެއްދުމުގެސިފަތަށް.
– މޫސަ ވިދާޅުވިއެވެ.
މޫސަވަނީ އެމްޑީޕީގެ ބައެއް މެމްބަރުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމްއާއި ގުޅޭގޮތުން ދައްކަވަމުންދާ ވާހަތަކަށްވެސް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ އަސްމަލަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޤައުމުގެ ނާއިބް ރައީސްކަމަށާއި، މަޖިލީހުގެ ރައީސް ކަމަށާއި، އެތައް މަޤާމަކަށް ގެންނަން މަސައްކަތްކޮށް އެތައްފަހަރަކު ލަޑު ދީފައިވާ ބޭފުޅެއްކަމަށެވެ. އެދުވަހު އެހުރިހާ ކަމެއް ކުރުމުންވެސް އަސްލަމް ވީ ގުރުބާނީއަކީ މިއަދު ނަޝީދު އަޑީގައި ހުރެގެން އެމްޑީޕީގެ މެމްބަރުން ލައްވައި އަސްލަމް ކުޑަކުރުންތޯ މޫސަ ވަނީ ސުވާލު ކުރައްވާފައެވެ.
މީހަކު ކެތްތެރިވެ ޤުރުބާވެގެން ވާނީމިވަރު. އަސްލަމަށް ޤައުމުގެ ނައިބުރައީސްކަން ޕާޓީގެ ނައިބު ރައީސްކަން، މަޖްލިސްގެ ރައީސްކަން ޕީޖީ ލީޑަރުކަން ދޭނަމޭބުނެ ކުރިމަތިލައްވާފަ ޕާޓީގެ ވިރާސީ ވިންގުން އަސްލަމް ފެއިލް ކޮށްލިމީހުން މިއަދު އަސްލަމްއަށް ކީއްކުރަން މިއުޅެނީ؟
– މޫސަ ވިދާޅުވިއެވެ.
ރައީސް ނަޝީދާއި ސަރުކާރާއި ދެމެދުނު އުފެދިފައިވާ ޚިޔާލުފުޅުތަކާ ގުޅޭ ގޮތުން މަޖިލީހުން ރައީސް ނަޝީދަށް ދިން ހަމަލާގެ އިންކުއެރީ ރިޕޯޓް އެކުލަވާލި ކޮމެޓީގެވެސް މުޤައްރިރު އަސްލަމް ވިދާޅުވީ، ރައީސް ނަޝީދު ފާޅުކުރައްވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ޚިޔާލު ކަމަށެވެ. އެމަނިކުފާނު މަސައްކަތްކުރައްވާނެ ގޮތް އެނގިވަޑައިގަންނަވާނީ އެމަނިކުފާނަށް ކަމަށާއި، އެކަމަށް ކޮމެންޓެއް ނުކުރައްވާނެ ކަމަށެވެ.
އަސްލަމް ވިދާޅުވީ، އެމްޑީޕީގެ ކަންކަން އަބަދުވެސް ނިންމާނީ ޕާޓީގެ ތެރެއިން އެކަންކަމާ ގުޅުންހުރި ގުނަވަންތަކުން ކަމަށެވެ. ޕާޓީގެ އެއްވެސް ގުވަނަކުން އޮޕޮޒިޝަނާ ގުޅިގެން އެއްވެސް މަސައްކަތެއް ކުރަން ބޭނުންވެގެން އެވާހަކަ ޕާޓީތެރޭގައި ނުދެކެވޭކަމަށެވެ. އަދި އިދިކޮޅުގެ އެހީތެރިކަން ހޯދައިގެން ސިޔާސީ މަސައްކަތް ކުރުމުގެ ވިސްނުން ޕާޓީގައި ނެތްކަމަށެވެ. ސަރުކާރު ހިނގަމުން އަންނަ ގޮތާމެދު ހިތްޕުޅުހަމަޖެހޭ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ