ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ ޝާހިދު އިންޑިއާއަށް

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ ޝާހިދު އިންޑިއާއަށް

Author
މުޙައްމަދު ޝަޒައިމް
21 ޖުލައި 2021 04:12
0

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ވަޑައިގެންފިއެވެ.

މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅަކީ އދ ގެ 76 ވަނަ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިއްސިޔަތުން ކުރައްވާ ދަތުރުފުޅެކެވެ. ފޮރިން މިނިސްޓްރީއިން ބުނީ އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާސްގެ 38 ވަނަ ސެޕްރޫ ހައުސް ލެކްޗާގައި މިމަހުގެ 23 ވަނަ ދުވަހު މިނިސްޓަރު ޝާހިދު ވާހަކަދައްކަވާނެ ކަމަށެވެ.

އިންޑިއާ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

އދ ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ޝާހިދު ހޮވިވަޑައިގެންނެވީ މިދިޔަ މޭ މަހުގެ ހަތްވަނަ ދުވަހު އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް އދ ގެ އެފަދަ ޝަރަފުވެރި މަގާމަކަށް ރާއްޖޭގެ ބޭފުޅަކު އިންތިހާބުވި ފުރަތަަމަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޯހަރު
އިންޑިއާގެ އުގަށް ވެއްޓިގަނެގެން އުޅުން ޝާހިދު ހުއްޓާލަން އެބަ ޖެހޭ