ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުން ދެން ކުރިއަށްދާނީ އަޟްޙާ ޢީދުގެ ބަންދަށްފަހު އާދީއްތަ ދުވަހު ކަމުގައި އެޗްޑީސީން ހާމަކުރައްވައިފިއެވެ.
އެޗްޑީސީން ބުނެފައިވަނީ 24 ޖުލައި 2021 ވާ ހޮނިހިރު ދުވަހަކީ ހިޔާފުލެޓު ލިބިފައިވާ ފަރާތްކާއި އެކު އެއްބަސްވުމުގައި ސޮއި ކުރުން ކުރިއަށް ގެންދިއުމަށް ތާވަލުކުރެވިފައިވާ ދުވަހެއްނަމަވެސް، އަލްޙާ ޢީދަށްފަހު ދެން އެއްބަސްވުމުގައި ސޮއި ކުރަން ފަށާނީ 25 ޖުލައި 2021 ވާ އާދިއްތަ ދުވަހުން ފެށިގެން ކަމުގައެވެ.
24 ޖުލައި 2021 ގައި އެއްބަސްވުމުގައި ސޮއި ކުރުން ކުރިއަށް ނުގެންދިއަ ނަމަވެސް، އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދާނީ ކުރިންވެސް އިޢުލާން ކޮށްފައިވާ ގޮތަށް ޓަވަރު ތަރުތީބުން ކަމުގައި އެޗްޑީސީން ވަނީ ބުނެފައެވެ.

ހިޔާ ފްލެޓުތައް ލިބުނު މީހުންގެ ތެރެއިން ފްލެޓު އެއްބަސްވުން އެކުލަވާލުމަށް ނިންމާފައިވާ މީހުންނާއެކު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއިން ސޮއިކުރަން ފަށާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ފުރަތަމަ ދުވަހު އެކަނިވެސް އެޗް 9 ޓަވަރުގެ 118 މީހުންނާއެކު އެއްބަސްވުން އެކުލަވާލާ ތަޅުދަނޑިވަނީ ޙަވާލުކޮށްފައެވެ. އަދި ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުވަނީ އެޗް13 ޓަވަރުގެ މީހުންނާއެކު އެއްބަސްވުން އެކުލަވާލާ ތަޅުދަނޑި ޙަވާލުކޮށްފައި ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި އެކި ދުވަސްތަކަށް ބަހާލައިގެން އެކި ޓަވަރުތަކުގެ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާނެ ގޮތުގެ ތަފްސީލު އެޗްޑީސީއިންވަނީ މިހާރު ހާމަކުރައްވާފައެވެ. މީގެ ދަށުން އަންނަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ހުރިހާ ޓަވަރެއްގައި ހުރި ފްލެޓުތައް ލިބުނު މީހުންނާއި ފްލެޓްތައް ހަވާލުކޮށް ނިންމާލެވޭނެ ކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ. އަދި އެކި ސަބަބުތަކަށްޓަކާ އެއްބަސްވުމުގައި ސޮއިކުރަން ނާދެވޭ ފަރާތްތަކަށް ޚާއްސަ އުސޫލެއްގެ ދަށުން އެފުރުސަތު ފަހިކޮށްދީ އެކަން އަންގާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ