މުޅި ރާއްޖެއިން ކޯވިޑަށް އަލަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 63 އަށް ދަށްވެއްޖެ

މުޅި ރާއްޖެއިން ކޯވިޑަށް އަލަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 63 އަށް ދަށްވެއްޖެ

Author
ޢަލީ އާދަމް
18 ޖުލައި 2021 10:05
0

ރާއްޖެއިން ކޯވިޑް-19އަށް މިއަދު އިތުރު 63 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރުއަލަށް ޕޮޒިޓިވްވި 63 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 13 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 28 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 22 މީހުންނެވެ.

އަލަށް މި ބައްޔަށް ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ޖުމްލަ 75،879 މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

އެކްޓިވް ކޭސްތަކުގެ ޢަދަދު މިހާރު ހުރީ 2،425 ގައި އެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން މިހާރު އަންނަނީ 12 މީހަކަށެވެ.

ފާއިތުވި 24 ގަޑީރުތެރޭ މި ބަލިން 154 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އެއާއެކު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 73،226 އަށް އަރާފައެވެ.

ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5،327 ސާމްޕަލް ވަނީ ޓެސްޓުކޮށްފަ އެވެ.

މިހާތަނަށް ރާއްޖޭގައި ކޯވިޑް ބަލި ޖެހިގެން ނިޔާވީ މީހުންގެ އަދަދު ވަނީ 216އަށް އަރާފަ އެވެ. މީގެތެރޭގައި ހިމެނެނީ 198 ދިވެހިންނާ 18 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.