އެމެރިކާ ހިމެނިގެން ދަނީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ކޯވިޑް19 ވެކްސިން ޖަހާފައިވާ އެއް ގައުމު ކަމުގައި

އެމެރިކާގައި 333.6 މިލިއަން ޑޯޒްގެ ވެކްސިން ދީފި

އެމެރިކާގައި 333.6 މިލިއަން ޑޯޒްގެ ވެކްސިން ދީފި

މި ހަފްތާގެ ހޮނިހިރު ދުވަހާ ހަމައަށް އެމެރިކާގައި 333,565,404 ޑޯޒްގެ ވެކްސިން ޖަހާ، އަދި އެގައުމުގެ އެކި ހިސާބުތަކަށް 386,985,420 ޑޯޒްގެ ވެކްސިން ފޯރުކޮށް ދީފައިވާ ކަމަށް، އެމެރިކާގެ ސެންޓަރ ފޯރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރޮވެންޝަން (CDC)އިން ހާމަ ކޮށްފިއެވެ.

CDCގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އަދަދަކީ މި ހަފްތާގެ ހުކުރު ދުވަހާއި ހަމައަށް އެގައުމުގައި ދީފައިވާ 332,966,409 އަށްވުރެ އިތުރު އަދަދެކެވެ. އަދި ހުކުރު ދުވަހާއި ހަމައަށް އެކި ހިސާބުތަކަށް ފޯރުކޮށް ދެވިފައިވާ ކަމަށް އާންމު ކޮށްފައިވާ 386,058,070 އަށްވުރެ އިތުރު އަދަދެއްވެސްމެއެވެ.

އެމެރިކާގެ އެޓްލާންޓާގައި ގާއިމްވެފައި ހުންނަ CDC އިން ހާމަ ކޮށްފައިވާ ގޮތުގައި، ހޮނިރު ދުވަހާ ހަމައަށް މަދުވެގެން 183,836,917 މީހުން އެއް ޑޯޒް ޖަހާފައިވާ ކަމަށާއި، 158,954,417 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށެވެ.

CDCގެ ހިސާބުތަކުގައި ހިމެނެނީ، އެމެރިކާގައި ދެވިފައިވާ މޮޑާނާ ވެކްސިނާއި، ފައިޒަރ/ބައޯއެންޓެކް ވެކްސިންގެ އިތުރުން އެގައުމުގައި ދެމުންދާ އެއް ޑޯޒްގެ ވެކްސިނެއް ކަމުގައިވާ ޖޯންސަން އެންޑް ޖޯންސަން ކޯވިޑް19ގެ ތަފާސް ހިސާބުތަކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *