ކަރީނާގެ ދެވަނަ ދަރިފުޅަށް ކިޔަނީ "ޖޭ" ކަން އެކުއްޖާގެ ކާފަ ޔަގީންކޮށްދީފި

ކަރީނާގެ ދެވަނަ ދަރިފުޅަށް ކިޔަނީ "ޖޭ" ކަން އެކުއްޖާގެ ކާފަ ޔަގީންކޮށްދީފި

Author
ފާތިމަތު ނާވީ
10 ޖުލައި 2021 09:38
0

ބޮލީވުޑްގެ މަޝްހޫރު ޖޯޑު ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރަށް ދެވަނަ ދަރިފުޅަކު ލިބުނުކަން ހާމަކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު އެވެ. މި ދެމަފިރިންގެ ދޮށީ ދަރިފުޅު ތައިމޫރް އުފަންވެފައިވަނީ 2016 ވަނަ އަހަރު އެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ދެމަފިރިންގެ ދެވަނަ ދަރިފުޅަށް ކިޔަނީ "ޖޭ" ކަމަށާއި އަދި އާއިލާއިން މި ނަން ރަސްމީކޮށް އިއުލާން ކުރުމަށް އަންނަނީ ތައްޔާރުވަމުން ނެވެ. މީގެ އިތުރުން ކަރީނާ ގެ ބައްޕަ ރަންދީރު ކަޕޫރު އިންޑިއާގެ ބައެއް ނޫސްތަކަށް ކާފަދަރިފުޅުގެ ނަމަކީ ޖޭ ކަން ކަށަވަރު ކޮށްދީފައިވާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މިހާތަނަށް އައި އިރު ތަފާތު ނަންތަކުން ދަރިފުޅާއި މުހާތަބު ކޮށްފައިވާކަމަށާއި އެންމެ ރަނގަޅު ނަމެއްކަމަށް ގަބޫލު ކުރެވެނީ "ޖޭ" ކަމުގައިވާތީ އެ ކުއްޖާއަށް މިހާރު ކިޔަނީ އެނަން ކަމަށްވެސް ރިޕޯޓްތަށް ބުނެއެވެ. ރަންދީރާއި ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައި ވަނީ ހަފްތާއެއް ކުރިން މިނަން ފައިނަލް ކޮށްފައި ވާކަމަށާއި އޮފިޝަލް ލިޔެކިޔުން ތަށްވެސް "ޖޭ"ގެ ނަމުގައި މިހާރު ހަދަމުން ދާކަމަށެވެ.

މި ދެމަފިރިންގެ ފުރަތަމަ ދަރިފުޅު ތައިމޫރް އަލީ ޚާން އަކީ އެ ނަމަށް ވަރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވި ނަމެކެވެ. ތައިމޫރް އާއި ހިލާފަށް ކަރީނާގެ ދެވަނަ ދަރިފުޅު ގެންގުޅެމުންދަނީ ޕަޕަރާޒީންގެ ލޯތަކަށް ފޮރުވައިގެންނެވެ. އަދި ހަމަ އެހެންމެ އޭނާ އަކީ ޝޯޝަލް މީޑިއާގައި ކިތަންމެ ހަރަކާތްތެރި ތަރިއެއް ނަމަވެސް އެކުއްޖާގެ ޕޮޓޯތަށް ހިއްސާ ކުރާލެއް ވަރަށް މަދެވެ.

ނަމަވެސް ދަރިފުޅު ވަރަށް ބޮޑަށް ފޮރުވައިގެން ގެންގުޅެނިކޮށް މީގެކުރިން ކާފަ ރަންދީރްގެ އަތުން އޮޅުމަކުން ދަރިފުޅުގެ ފޮޓޯއެއްވެސް އާންމުވެފައި ވެއެވެ. ކަރީނާގެ ދެ ދަރިންގެ ފޮޓޯ ކޮލާޖްކޮށްފައި އޭނާ ރަންދީރު އިންސްޓަގްރާމަށް ދޫކޮށްލި މި ފޮޓޯ ކުޑަ ވަގުތުކޮޅެއް ފަހުންވަނީ  ޑިލީޓްކޮށްލާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.