މަރާމާތަށްފަހު ފޮރިން މިނިސްޓްރީގެ މަސައްކަތްތައް ކުރީގެ ޢިމާރާތަށް ބަދަލުކޮށްފި

މަރާމާތަށްފަހު ފޮރިން މިނިސްޓްރީގެ މަސައްކަތްތައް ކުރީގެ ޢިމާރާތަށް ބަދަލުކޮށްފި

Author
މުޙައްމަދު ޖިމީ
10 ޖުލައި 2021 12:33
0

ފޮރިން މިނިސްޓްރީ ކުރިން ހިންގަމުން އައި ޢިމާރާތުގެ މަރާމާތުގެ މަސައްކަތް ނިމިފައިވާތީ، އެ މިނިސްޓްރީގެ މަސައްކަތްތަށް ކުރީގެ ޢިމާރާތަށް ބަދަލުކޮށްފިއެވެ.

ފޮރިން މިނިސްޓްރީގެ ޢިމާރާތް މަރާމާތުކުރާތީ، އެ މިނިސްޓްރީގެ މަސައްކަތްތައް ކުރަމުން އައީ، އެމްޓީސީސީގެ ސޯމިލް ރިލޮކޭޝަން ބިލްޑިންގައެވެ. ޗައިނާ ސަރުކާރުގެ އެހީގައި ޢިމާރާތްކުރި ފޮރިން މިނިސްޓްރީގެ ޢިމާރާތުގެ ތަންތަން ހަލާކުވުމުގެ ސަބަބުން އެތަނުގެ އެ މަރާމާތުތައް އައު ކުރައްވާ އާބާތުރަ ފިލުވަން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އަދި މިހާރު އެތަނުގެ މަރާމާތު ނިމިފައިވާއިރު، ޢިމާރާތުގެ ނަން ވަނީ އަލްއުސްތާޛް ފަތުހުﷲ ޖަމީލުގެ ހަނދާނަށް ޚާއްޞަކޮށްފައެވެ.

ފަތިހުﷲ ޖަމީލްދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައިވަނީ 2012 ވަނަ އަހަރުގެ މާރިޗް މަހުގެ ފުރަތަމަ ދުވަހުއެވެ.

އަލްއުސްތާޛު އަލްމަރްޙޫމް ފަތުޙުﷲ ޖަމީލަކީ، ރާއްޖޭގެ ޚާރިޖީ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން، ދިވެހިރާއްޖެ ބައިނަލްއަޤްވާމީ މައިދާނަށް ފުޅާ ދާއިރާއެއްގައި ތަޢާރުފް ކުރެއްވުމަށް މުހިންމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ މުޖްތަމަޢު ގަބޫލުކުރާ ޒިންމާދާރު، ހަރުދަނާ އުޞޫލުތަކެއްގެ މައްޗަށް ޚާރިޖީ ސިޔާސަތު ބިނާކޮށްފައިވާ ޤައުމެއްކަން، ބޭރު ދުނިޔެއަށް ހާމަކޮށްދެއްވުމުގައި އަލްއުސްތާޛު ފަތުޙުﷲ ޖަމީލު އަދާކުރައްވާފައިވަނި ވަރަށް މުހިންމު ދައުރެކެވެ. އަދި ރާއްޖެއަށް ބޭނުންވި ތަރައްޤީގެ އެހީތައް ހޯއްދަވައިދެއްވުމުގައާއި، ރާއްޖެއަށް ސިޔާސީގޮތުންނާއި، ޘަޤާފީގޮތުން، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އެއްބާރުލެއްވުން ހޯއްދަވައިދެއްވުމަށްވެސް އަގުހުރި މަސައްކަތްޕުޅުތަކެއް އެމަނިކުފާނުވަނީ ކުރައްވާފައެވެ. ހަމައެއާއެކު، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ މާލީ އިދާރާތަކާއި، އެހެން މުއައްސަސާތަކާ ދެމެދު ގުޅުން އުފައްދަވައި، އެކަމަށްވެސް ގިނަގުނަ މަސައްކަތްޕުޅުތަކެއްވަނީ ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.