ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑް ބަލިމީހަކަށް ފަރުވާދެނީ- ފޮޓޯ: އެޗްއީއޯސީ

ކޯވިޑް ބަލިމީހުނަށް ދޭ ފަރުވާއަކަށް ފައިސާ ދައްކާކަށް ނުޖެހޭނެ: އައިޖީއެމްއެޗް

ކޯވިޑް ބަލިމީހުނަށް ދޭ ފަރުވާއަކަށް ފައިސާ ދައްކާކަށް ނުޖެހޭނެ: އައިޖީއެމްއެޗް

ކޯވިޑް-19ގެ ބަލިމާހުންނަށް އެޑްމިޓްކޮށްގެން ދޭ އެއްވެސް ފަރުވާއަކަށް ފައިސާ ދައްކަން ނުޖެހޭނެ ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން މިހެން ބުނެފައިވަނީ ކޯވިޑް ބަލީގެ ސަބަބުން އެނދުމަތިކޮށްފައިވާ ބިދޭސީއެއްގެ ބިލަށް އެރި ފައިސާ މާފުކޮށްދީފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާގުޅިގެން ކޮށްފައިވާ ޓްވީޓެއްގަ އެވެ. އައިޖީއެމްއެޗުން ބުނީ ކޯވިޑާގުޅިގެން އެދުމަތިކޮށް ދެވޭ ފަރުވާތަކަށް ދިވެހިންނާއި ބިދޭސީންވެސް ފައިސާ ދައްކަން ނުޖެހޭނެކަމަށެވެ.

ކޯވިޑްގައި ހާލު ސީރިއަސްވެ، އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ބަންގްލަދޭޝް އަންހެނަކާއި، އޭނާގެ ބަނޑަށް ހަތްމަހުގައި ނަގަންޖެހުނު ދަރިފުޅުގެ ހޮސްޕިޓަލް ބިލްތަކަށް 3 ލައްކައެއްހާ ރުފިޔާ އަރާފައިވާކަމަށާއި، ބިލަށް އަރާފައިވާ ފައިސާ އައިޖީއެމްއެޗުން މަޢާފުކޮށްދީފައިވާ ކަމަށް ސޯޝަލް މީޑިއާގެ އިތުރުން ބައެއް ނޫސްތަކުންވެސް ވަނީ ޚަބަރު ފަތުރާފަ އެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ފަރުވާގެ ހުރިހާކަމެއް ބަލަހައްޓަމުން ދަނީ ސަރުކާރުންނެވެ. ހަމައެހެންމެ ކޯވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންވެސް ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ހިލޭ ޖަހައިދިނުމަށް ނިންމައި ސަރުކާރުން ގެންދަނީ އެކަން ތަންފީޒު ކުރަމުންނެވެ.

މާލޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗަކީ ރާއްޖޭގައި ކޯވިޑް ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ހޮސްޕިޓަލެވެ. އެގޮތުން މިހާތަނަށް ރާއްޖޭގައި އެންމެ ގިނަމީހުނަށް ފަރުވާދީފައިވާ ހުޅުމާލޭ މެޑިކަލް ފެސިލިޓީވެސް ހިންގަނީ އެ ހޮސްޕިޓަލްގެ ފަރާތުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *