އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 10 ރަށެއްގައި ކުޑަކުދިންގެ ޕާކްތަކެއް ތަރައްޤީކުރަމުން އަންނަކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކުޑކުދިންގެ ޕާކް ތަރައްޤީކުރާ ރަށްތައްވެސް ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހދ.ނައިވައިދޫ، ށ.ލައިމަގު، ށ.ފީވަށް، ށ.ކޮމަންޑޫ، ށ.ނޫމަރާ، ށ.މިލަތްފަހި، ށ.ފޭދޫ، ނ.މާފަރު، ނ.ފޮއްދޫ އަދި ނ.މިލަދޫއެވެ.
We'll be developing Children's Parks in the following islands under the grant assistance of the Indian government. ????@HCIMaldives
HDh. Naivaidhoo
Sh. Lhaimagu
Sh. Feevah
Sh. Komandoo
Sh. Noomara
Sh. Bilehfahi
Sh. FeydhooN. Maafaru
N. Fohdhoo
N. Miladhoo pic.twitter.com/kQStLdnNvg— Ahmed Mahloof (@AhmedMahloof) October 24, 2020
މުޖުތަމަޢު ބާރުވެރިކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޖުމްލަ 50 ރަށެއްގައި ކުޑަކުދިންގެ ޕާކް ޤާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި ޕާކް ގާއިމްކުރުމަށް ބޭނުންވާ ސާމާނު މާލެއަށް ގެނެސްފައިވާއިރު މިނިސްޓްރީން އަންނަނީ މިހާރު އެސާމާނުތައް ރަށްރަށުގެ ކައުންސިލްތަކަށް ދޫކުރަމުންނެވެ. މިހާތަނަށް ވަނީ 15 ރަށަކަށް ޕާކް ސެޓް ދޫކޮށްފައެވެ.
ކޮމެންޓު ފޮނުވާ