އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ފޭސްބުކް އަދި ޓުވިޓަރއާއި ދެކޮޅަށް ޓްރަމްޕް ކޯޓަށް

ފޭސްބުކް އަދި ޓުވިޓަރއާއި ދެކޮޅަށް ޓްރަމްޕް ކޯޓަށް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފޭސްބުކް، ޓުވިޓަރ އަދި ގޫގުލްއާއި ދެކޮޅަށް ދައުވާކުރުމަށް ތައްޔާރު ވަމުންދާކަން މިހަފްތާގެ ބުދަ ދުވަހު ހާމަ ކުރައްވައިފިއެވެ.

މި ކުންފނިތަކާ ދެކޮޅަށް ދައުވާކުރުމަށް ޓްރަމްޕް ނިންމެވުމާ ގުޅިގެން، ދުނިޔޭގެ އެންމެ ބޮޑެތި ޓެކް ކުންފުނިތަކާ ޓްރަމްޕާއާއި ދެމެދު، ޚިޔާލު ފާލުކުރުމުގެ މިނިވަންކަމާ ގުޅޭގޮތުން އުފެދިފައިވާ މައްސަލަތައް އިތުރަށް ގޯސްވެގެން ދާނެ ކަމަށް ބެލެވެއެވެ.

ޓްރަމްޕް ތުހުމަތު ކުރާ ގޮތުގައި، މި ކުންފުނިތަކުން، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރުން ޓަރަމްޕަށް މަނާ ކޮށްފައިވަނީ ވަރަށް ބޮޑަށް ބޭއިންސާފުންނެވެ.

"އެމެރިކާ ފަރސްޓް ޕޮލިސީ އިންސްޓިޓިއުޓްއާއި ގުޅިގެން އަހަރެން ނިންމައިފިން، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ގެއްލިފައިވާ އެންމެންވެސް ތަމްސީލުކުރާ މީހެއްގެ ހައިސިއްތުން، ދުނިޔޭގެ އެންމެ ބޮޑެތި ޓެކް ކުންފުނިތަކާ ދެކޮޅަށް، މީގެތެރޭގައި ފޭސްބކް، ޓުވިޓަރ އަދި ގޫގުލްވެސް ނިމެނޭ ގޮތުން، ހަމަ އެފަދައިން މި ކުންފުނިތަކުން ސީއީއޯއިން ކަމުގައިވާ މާރކް ޒުކަރބާގް، ސަންދަރ ޕިޗި އަދި ޖެކް ޑޯސޭ- އަމިއްލައަށް ރަގަޅުކަމަށް ހެދިގެން އުޅޭ މި ތިން މީހުންވެސް މިހިމެނޭގޮތުން، ދައުވާ (ކްލާސް އެކްޝަން ލޯއިސުޓް) ކުރުމަށް،" އެމެރިކާގެ ބެޑްމިންސްޓަރގައި އޮންނަ އޭނާގެ ގޮލްފް ކްލަބްގައި ހުންނަވާ ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

ގައުމުގައި އޮތް އެންމެ ބޮޑު ޓެކް ކުންފުނިތައް މިވަނީ، "ގާނުނާއި ޚިލާފަށް ސެންސަރު ކުރާ ބަޔަކަށް ވެފަ،" ރިޕަބްލިކަން ޕާޓިއަށް ނިސްބަތްވާ، އުމުރުން 75 އަހަރުގެ ކުރީގެ ރައިސް ވިދާޅުވިއެވެ.

ޓްރަމްޕްގެ ވެރިކަން ނިމެމުން ދަނިކޮށް، މިއަހަރުގެ ޖެނުއަރީމަހު، ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ގާނޫނުހަދާ މަޖިލިހަށް ހަމަލާ ދިނުމަށް އޭނާ ހިތްވަރު ދިންކަމުގެ ތުހުމަތުގައި، ޓުވިޓަރ އަދި ފޭސްބުކުއިން ވަނީ، މި ޕްލެޓްފޯމުތައް ބޭނުންކުރުން ޓްރަމްޕަށް މަނާ ކޮށްފައެވެ.

އަދި އެއަށް ފޭސްބުކްއި ދަނީ، އެކި މުއްދަތުތައް ކަނޑައަޅާ، އެ ކުންފުނިން ޓްރަމްޕް ސަސްޕެންޑް ކޮށްފައި އޮތްއޮތުން ދަމަހައްޓަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *